އިބްރާހީމީ ގުޅުން ( 2)
ލިޔުނީ: ޙުސައިން ރަޝީދު އަޙްމަދު
ގުޅުމުގެ މައިގަނޑު ސިފަތައް:
- (ހ) ސިޔާސީ ގުޅުން: ދެ ގައުމުގެ ދެމެދުގައި ސަފީރުން އައްޔަންކޮށް، އެމްބަސީތައް ހުޅުވައި، ފުޅާ ދާއިރާއެއްގައި އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
- (ށ) ސަލާމަތީ އަދި އަސްކަރީ އެއްބާރުލުން: ކަނޑާއި ވައިގެ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމާއި، ސަލާމަތީ އަދި ޓެކްނޮލޮޖީ ނިޒާމުތައް ހިމެނޭ ދިފާއީ މުއާމަލާތްތައް ހިންގުން ހިމެނެއެވެ.
- (ނ) އިގްތިސާދީ ބައިވެރިވުން: 2023 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށި ފުޅާ ދާއިރާއެއްގެ އިގްތިސާދީ އެއްބަސްވުމުގެ ދަށުން، ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް، ޓެކްނޮލޮޖީ އާއި ދަނޑުވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އަމާޒު ހިފާފައިވެއެވެ.
- (ރ) ގައްޒާ ހަނގުރާމައިގެ ނުފޫޒު: ހުޅަނގު އައްސޭރި އާއި ގައްޒާގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކަށް އިމާރާތުން ފާޑުކިޔައި، ސިޔާސީ ނުތަނަވަސްކަން އުފެދުނު ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް "އިސްތިރާޖީ އެއްބާރުލުމާއި" ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އޮތް ގުޅުން ދެމިއޮތެވެ.
މުހިންމު ހަރުފަތްތައް:
- 2020: ވައިޓް ހައުސްގައި ގުޅުން އާންމުކުރުމުގެ އެއްބަސްވުމުގައި (އިބްރާހީމީ އެއްބަސްވުން) ސޮއިކުރުން.
- 2021-2023: ދިފާއީ ބައިވެރިވުން ހަރުދަނާކޮށް، އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް އިމާރާތުގައި ގާއިމުކުރުން.
- 2023-2024: ފުޅާ ދާއިރާއެއްގެ އިގްތިސާދީ ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެއަށް އަމަލުކުރަން ފެށުން.
- 2024-2025: ގައްޒާ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ މައްސަލައިގައި އިމާރާތުން ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރި ނަމަވެސް، ދެ ގައުމުގެ ގުޅުން މެދުނުކެނޑި ކުރިއަށްދިއުން.
ޔަހޫދީ މުއައްސަސާތަކާއި ޚިދުމަތްތައް:
މީގެ ތެރޭގައި ޔަހޫދީންގެ ދީނީ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ "ކޯޝަރ" ކާނާ ފޯރުކޮށްދިނުމާއި، ޔަހޫދީ ތަޢުލީމީ މަރުކަޒެއް ބިނާކުރުމުގެ އިތުރުން، އެމީހުންގެ ދީނީ އެކި ހަފުލާތައް އިންތިޒާމުކޮށް ހިންގުން ހިމެނެއެވެ.
- ޔަހޫދީ މަރުކަޒުތައް:ދުބާއީގައި ގާއިމުކޮށްފައިވާ "ޖޫވިޝް ކޮމިއުނިޓީ ސެންޓަރު" އިސްކޮށް ބަލަހައްޓާނީ ސޮލީ ވުލްފް އެވެ. މި މަރުކަޒަކީ ބައިނަލްއަޤުވާމީ ޔަހޫދީ ޖަމާޢަތެއް ކަމަށްވާ "ހަބާދު" އާ ގުޅުން އޮންނަ ތަނެކެވެ.
- އަބްރަހަމިކް ފެމިލީ ހައުސް:އަބޫދާބީގައި ބިނާކޮށްފައިވާ މިމަރުކަޒުގައި "މޫސާ ބިން މައިމޫން" ގެ ނަމުން ނަންދެވިފައިވާ ސިނަގޯގެއް (ޔަހޫދީން އަޅުކަންކުރާ ތަނެއް) ހުރެއެވެ. މިއީ 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރަސްމީކޮށް ހުޅުވި ތަނެކެވެ.
- ޔަހޫދީ އާބާދީ:ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ދިރިއުޅެން ފަށާފައިވާ ޔަހޫދީންގެ ތެރެއިން ދީނީ ކަންކަމުގައި އަމަލީގޮތުން އުޅޭ މީހުންގެ އަދަދު ގާތްގަނޑަކަށް 500 އާއި 7,000 އާ ދެމެދުގައި އުޅެއެވެ.
ސަލާމަތީ އަދި ސިޔާސީ ކުރިއެރުންތައް:
- (ހ) އަބްރަހަމް އެކޯޑްސް: 2020 ވަނަ އަހަރު ސޮއިކުރެވުނު މިއެއްބަސްވުމަށްފަހު، އިސްރާއީލުގެ ވިޔަފާވެރިންނާއި ފަތުރުވެރިން ޔޫ.އޭ.އީ އަށް ޒިޔާރަތްކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
- (ށ) ހާދިސާތައް: 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހަބާދު ހަރަކާތުގެ މަންދޫބެއް ކަމަށްވާ ރަބައި ޒްވީ ކޯގަން ޔޫ.އޭ.އީ ގައި މަރާލާފައިވެއެވެ.
- (ނ) ސަލާމަތީ ފިޔަވަޅުތައް: މި ހާދިސާއާ ގުޅިގެން ޔަހޫދީ މުއައްސަސާތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އަދި ދުބާއީގައި ހުރި ބައެއް ނުރަސްމީ ސިނަގޯގުތައް ވަގުތީގޮތުން ބަންދުކުރެވުނު ނަމަވެސް، އަބޫދާބީގައި ހުންނަ ރަސްމީ ސިނަގޯގުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދިޔައެވެ.
- (ރ) އިޖުތިމާޢީ ހަރަކާތްތައް: ބީ.ބީ.ސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫ.އޭ.އީ ގައި ދިރިއުޅޭ ޔަހޫދީން ބޭންކިންގް، ޤާނޫނީ ދާއިރާ، އިންޝުއަރެންސް، އަދި ސިއްޙީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރަމުންދެއެވެ.
ވިޔަފާރިވެރިންގެ މިސާލުތައް:
ޔަހޫދީ ބޮޑެތި ވިޔަފާރިވެރިން އިމާރާގައި ޖާގަ ޖެއްސެވެ. 2008 ވަނަ އަހަރުން ފެށިގެން ޔޫ.އޭ.އީ ގައި ދިރިއުޅޭ، އަލްމާސްގެ ވިޔަފާރިކުރާ ބެލްޖިއަމްގެ ޔަހޫދީ އިންވެސްޓަރެއް ކަމަށްވާ "އެލެކްސް ޕީޓަފްރެންޑް" އަކީ މީގެ އެއް މިސާލެވެ.
ދީނީ އިސްވެރިން:
ޕީޕަލް ދަ ބުކްގެ ފޭސްބުކް ޕޭޖުގައިވާ މަޢުލޫމާތަކަށް ބަލާއިރު، 2020 ވަނަ އަހަރުން ފެށިގެން ދުބާއީ އާއި ޚަލީޖު ސަރަޙައްދުގެ ޔަހޫދީންގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ރާބާއީ "އީލީ އަބާދީ" އެވެ.
ރަސްމީ ހައިސިއްޔަތު:
ވިކިޕީޑިއާގައި ބަޔާންކޮށްފައިވާ ގޮތުން، އަބޫދާބީގައި ހުންނަ "އަބްރަހަމިކް ފެމިލީ ހައުސް" ކޮމްޕްލެކްސްގެ ތެރޭގައި ޔަހޫދީން އަޅުކަންކުރާ ފައްޅިއެއް ކަމަށްވާ "މޫސާ ބިން މައިމޫން" ސިނަގޮގް، ފެބްރުއަރީ 2023 ގައި ރަސްމީކޮށް ހުޅުވާފައިވެއެވެ.
އާބާދީގެ ނިސްބަތް:
ބައެއް ރިޕޯޓްތައް ބުނާގޮތުން، ޔޫ.އޭ.އީ ގައި ގާތްގަނޑަކަށް 500 އާއިލާ ނުވަތަ 3000 އާއި 7000 އާ ދެމެދުގެ ޔަހޫދީން ދިރިއުޅެމުންދެއެވެ. އަދި 2020 ވަނަ އަހަރަށްފަހު އެމީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޔޫއޭއީގައި ދިރިއުޅޭ ހައެއްކަ ހާހަށްވުރެ ގިނަ ޔަހޫދީންނަށް ޚިދުމަތް ދިނުމަށްޓަކައި، ޚަލީޖު ސަރަހައްދުގައި ފުރަތަމަ ފަހަރަށް ޔަހޫދީންގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭ އަވަށެއް ބިނާކުރުމަށް އެކުވެރި އަރަބި އިމާރާތުން ރާވަމުންދާކަން ރަބައި (ޔަހޫދީ ދީނީ އިލްމުވެރިއެއް) އީލީ އަބާދީ ހާމަކުރައްވައިފިއެވެ.
އިމާރާތާއި އިސްރާއީލާއެކު ގާއިމުކުރި ގުޅުންތަކަށްފަހު އެގައުމުގައި އުޅޭ ޔަހޫދީ އާބާދީ އިތުރުވަމުންދާތީ، އެމީހުންގެ ދީނީ ދިރިއުޅުން ފުރިހަމަކުރުމަށްޓަކައި މިމަޝްރޫއުގެ ދަށުން ޔަހޫދީ ފައްޅިއަކާއި، މަދަރުސާތަކާއި، ހޮޓާތަކުގެ އިތުރުން ކޮމިއުނިޓީ ސެންޓަރުތައް ގާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ. މިއީ އަބޫދާބީގައި ހުންނަ "އަބްރަހަމިކް ފެމިލީ ހައުސް" އާ ގުޅުވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޔަހޫދީންގެ ހާލަތާއި އަދި އަލަށް ބިނާކުރާ އަވަށުގެ ތަފްސީލު:
- މިހާރުގެ އާބާދީ: ޔޫއޭއީގައި މިހާރު ގާތްގަނޑަކަށް 2،000 އާއި 7،000 އާ ދެމެދުގެ އަދަދަކަށް ޔަހޫދީން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ގަވާއިދުން އެމީހުންގެ ދީނީ ކަންކަން ކުރިއަށް ގެންދެއެވެ.
- އަވަށުގެ ވަސީލަތްތައް: މިމަޝްރޫއުގެ މަގްސަދަކީ ދިރިއުޅޭނެ ގެތަކާއި، ކޮލެޖުތަކާއި އަދި ބޭނުންވާ އެހެނިހެން ޚިދުމަތްތައް އެއް ސަރަހައްދަކުން ލިބޭނެ ފުރިހަމަ މާހައުލެއް ގާއިމުކުރުމެވެ.
- އަބްރަހަމިކް ފެމިލީ ހައުސް: 2023 ވަނަ އަހަރު އަބޫދާބީގެ އަބްރަހަމިކް ފެމިލީ ހައުސް ކޮމްޕްލެކްސްގެ ތެރޭގައި "މޫސާ ބިން މައިމޫން" ގެ ނަމުގައި ފުރަތަމަ ފަހަރަށް އާންމު ޔަހޫދީ ފައްޅިއެއް ވަނީ ހުޅުވާފައެވެ.
- މޫސާ އިބްނި މައިމޫން: މޫސާ ބިން މައިމޫން (1135-1204މ) އަކީ މެދުމިނުގެ ޔަހޫދީ ފިކުރީ ތާރީޚުގައި އެންމެ ނުފޫޒުގަދަ އެއް ފަލްސަފާވެރިއެކެވެ. ބޭސްވެރި، ފިޤުހުވެރިޔެކެވެ. އަންދަލުސްގެ ޤުރުޠުބާއަށް އުފަންވި މިޢިލްމުވެރިޔާ ދިރިއުޅުއްވާފައިވަނީ މަޣުރިބުކަރައާއި މިޞްރުގައެވެ. މިޞްރުގައި ހުންނެވި ދުވަސްވަރު އޭނާ އަދާކުރެއްވި އެންމެ މުހިންމު އެއް މަގާމަކީ މަޝްހޫރު ފާތިޙު ސުލްޠާން ޞަލާޙުއްދީން އަލްއައްޔޫބީގެ ޚާއްޞަ ބޭސްވެރިޔާގެ މަގާމެވެ.
- އެމެރިކާއިން މިހާރު މަސައްކަތް ކުރަނީ ގަލްފުގެ ބާކީހުރި ޤައުމުތައް އިއްތިޙާދަށް ވައްދައި އިޒްރޭލު ޔަހޫދީ ކުރިއެރުވުމަށް ބާރު އެޅުމެވެ. އެއާއެކު އިޒްރޭލުގެ ވިސްނުމަކީ ގްރޭޓަރ އިޒްރޭލު ފުޅާކޮށް އުފެއްދުމެވެ. މިމީހުންނަށް މިކަމުގައި އޮތް ބޮޑު ހުރަހަކީ އީރާން ކަމުގައިވާތީ އީރާން ބަލިކަށިކޮށް، މިހާރު ސީރިޔާގައި އޮތްފަދަ މިމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނުގައި އުފެއްދުމެވެ.
- ގްރޭޓަރ އިސްރާއީލް: "ރައްބީގެ ބިޔަ އިސްރާއީލް" އަކީ ޒަމާނުއްސުރެ ދީނީ އަދި ސިޔާސީ ގޮތުން ތަފާތު މާނަތަކެއް ދެވިފައިވާ އިބާރާތެކެވެ. މިއިބާރާތް އާންމުކޮށް ބޭނުންކުރެވެނީ އިސްރާއީލުގެ ބޯޑަރުތައް ފުޅާކުރުމުގެ ނިޔަތުގައި ނުވަތަ އެމީހުން ދައުވާކުރާ ތާރީޚީ ސަރަހައްދުތަކަށް ނިސްބަތްކޮށް، އިސްތިއުމާރީ ފިކުރެއްގެ ގޮތުގައެވެ. މިބޮޑަރުތަކަކީ މިސުރުގެ ސީނާއިން ފެށިގެން މުޅި ފަލަސްޠީނާއި ލެބްނާނާއި ސީރިޔާގެ ބަޔަކާއި ސުޢޫދީ ޢަރަބިޔާގެ ބަޔަކާއި ކުވައިތާއި ޢިރާޤުގެ ބައެކެވެ.
- އިސްރާއީލީ ގައުމިއްޔަތަށް ވަކާލާތުކުރާ ފަރާތްތަކާއި ޒަޔަނިސްޓް ހަރަކާތްތަކުން ބިމުގެ މިލްކުވެރިކަމާ މެދު ކުރާ ދައުވާތައް، އެކި ޒަމާންތަކުގައާއި އެކި ފިކުރުގެ ޖަމާއަތްތަކުގެ މެދުގައި ތަފާތުވެފައިވެއެވެ. މީގެ ތެރޭގައި ލޭބަރ ޒަޔަނިސްޓުންނާއި، ރިވިޜަނިސްޓް ޒަޔަނިސްޓުންގެ އިތުރުން ދީނީ ޒަޔަނިސްޓް ޖަމާއަތްތަކުން ކުރާ ދައުވާތައް ހިމެނެއެވެ.
- "ގްރޭޓަރ އިސްރާއީލް" ނުވަތަ " ރައްބީގެ ބިޔަ އިސްރާއީލް" މިއިސްތިލާހު މައިގަނޑު ދެ ގޮތަކަށް ބޭނުންކުރެވެއެވެ. (ހ) ފުރަތަމަ ގޮތަކީ، ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލުގެ ގޮތުގައި ބަލައިގަންނަ ސަރަހައްދުތަކުގެ އިތުރުން، ގޯލާން ހައިޓްސް އާއި، ހުޅަނގު އައްސޭރި އަދި ޣައްޒާ ހިމެނޭ ސަރަހައްދަށް ނިސްބަތްކޮށް ބޭނުންކުރާ ހަނި މާނައެކެވެ. (ށ) ދެވަނަ މާނައަކީ، ނީލަ ކޯރުން ފެށިގެން ފުރާތު ކޯރާ ހަމައަށް ފެތުރިގެންވާ މާ ބޮޑު ސަރަހައްދަކަށް ނިސްބަތްކޮށް ބޭނުންކުރާ މާނައެކެވެ. މިހިސާބުން މުސްލިމު ޤައުމުތައް އެއްގަލަކަށް އަރާނެކަމަށް ލަފާވެއެވެ. މުސްލިމުންނާއި ޔަހޫދީންނާދެމެދު ބޮޑު ހަނގުރާމައެއްގެ ފެށުން އެފުދުނީއެވެ. ހަތަރު ފަރާތުން އިޒްރޭލާ އިދިކޮޅަށް މުސްލިމުން ނިކުންނާނެއެވެ. މިއީ ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޚަބަރު ދެއްވާފައިވާ ފަދައިން މުސްލިމުންނާއި ޔަހޫދީންނާދެމެދު ހިިނގާނެ ހަނގުރާމައެވެ.
އަޅުގަނޑުގެ ދުޢާއަކީ ޞަހުޔޫނީންގެ ނުބައި ޢަމަލުތަކުން އިސްލާމީ އުއްމަތް ސަލާމަތް ކުރެއްވުމެވެ. އަދި ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ދެއްވުމެވެ. ބައިބައިވެފައި މިވާ މުސްލިމުން އެއްބައިވަންތަ ބަޔަކަށް ލެއްވުމެވެ. އާމީން!





