ހުރުމުޒު ކަނޑުއޮޅި ނުހުޅުވުމުން ޓްރަމްޕް ސިފައިންގެ ވެރިޔާއަށް ބަވާލައިފި

އެމެރިކާގެ އެޕްޓީން ގޭންގުން އީރާނަށް ދެމުން ޓެރަރިސްޓް ހަމަލަތަކާ ހެދި އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާތީ ޓްރަމްޕް ބޯހަލާކު ވެއްޖެއެވެ. އޭނާ ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި އަލުން އެ ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ ސިފައިން ނުކުޅެދިފައިވާ ކަމަށް ބުނެ ސަފައިންގެ ޗީފް އޮފް ސްޓާފަށް ފާޑުވިދާޅުވެފައި ކަމަށް ނިއުޔޯކު ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

ނިއުޔޯކް ޓައިމްސްއާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްއަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ، ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.

މިއީ އީރާނުން އެމެރިކާގެ އަސްކަރީ ބާރަށް ދެމުންދާ ހަމަލަތަކާ އަދި ސިފައިން މަރުވެ ގިނަ ބަޔަކު ޒަޚަމް ވުމާ ގުޅިގެން އެމެރިކާއަށް ފިއްތުންތައް ބޮޑުވެފައިވާ މައްސަލައެކެވެ. ޓްރަމްޕް މީޑިއާގައި ބުނަނީ އީރާނުގެ ބާރު މިހާރު ކަނޑުވާލާފައިވާނެ ކަމަށެވެ. ނަމަވެސް އީރާނުގެ ހަމަލަތައް ދަނީ ވަރުގަދަ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!