އެމެރިކާ ވެރިމީހާ މޮޔަވެއްޖެ! މިހާރު ބުނަނީ ބޭނުން ގޮތެއް ހަދައި ކިއުބާ ހިފާނެ ކަމަށް!

ވައިޓްހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ކިއުބާއާ މެދު ގެންގުޅުއްވާ ބަސްމަގު ހަރުކަށިކުރައްވައިިއެވެ. ނޫސްވެރިންނަށް ވިދާޅުވީ، "މަށަށް ކިއުބާ އަށް ބޭނުން ގޮތެއް ހެދިދާނެ! ކޮންމެވެސް ސިފައެއްގައި ވެސް ކިއުބާ ހިފާނަން" ކަމަށެވެ.

އަންހެނުން ރޭޕް ކުރުމާއި ކުޑަ އަންހެން ކުދިންނާ ބެހުމުގެ ފަޟީހަތްތައްތަކެއްގައި ބޭޒާރު ވެފައިވާ ޓްރަމްޕް އީރާނަށް ހަމަލަ ދިނީ އެޕްސްޓީން ފައިލްތަކުގައި އައިސްފައިވާ އޭނާގެ ވާހަކަތަކުން މީހުންގެ ވިސްނުން ކަސިޔާރުކޮށްލާށެވެ. އެހެންވެ އީރާނުން އޭނާއާއި އެ ގްރޫޕު ސިފަ ކުރަނ ީ އެޕްސްޓީން ގޭންގްގެ ގޮތުގައެވެ.

މިހާރު އީރާނުން ދޭ ހަމަލަތައް ވަރުގަދަވެ ތެޔޮ އަގުބޮޑުވެ ބޯނުހިކިގެން ދިއުމުން އައު މައިދާނެއްގައި ހަނގުރާމަ ފެށުމަށް މި ވަނީ ވާހަކަ ފަށާފައެވެ.

ޓްރަމްޕް ވިދާޅުވަނީ ކިއުބާ ހިފުމަކީ އޭނާއަށް ލިބޭނެ "ޝަރަފއް" ކަމަށެވެ. އަދި އަވަށްޓެރި އެ ޖަޒީރާ ގައުމާ މެދު "ބޭނުން ކޮންމެ ކަމެއް ކުރެއްވިދާނެ" ކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ދެއްވި މި ވާހަކަތަކަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އެމެރިކާގެ ރައީސަކު ކިއުބާއާ މެދު ބޭނުންކުރެއްވި އެންމެ ހަރުކަށި ބަސްމަގެވެ. މި ބަޔާންތައް އައިސްފައިވަނީ މަސްތަކެއް ވަންދެން އުފެދިފައި އޮތް ނުތަނަވަސްކަމަށްފަހު އެވެ.

1959 ވަނަ އަހަރު ފިޑެލް ކާސްޓްރޯ، އެމެރިކާގެ ތާއީދު އޮތް ސަރުކާރު ވައްޓާލި ފަހުން ވޭތުވެދިޔަ 67 އަހަރު ތެރޭގައި ދެ ގައުމުގެ ގުޅުން މިހާރު މިއޮތް ވަރަށް ނުތަނަވަސް ވެފައެއް ނުވެއެވެ.

ކިއުބާއިން އަބަދުވެސް ތުހުމަތު ކުރަނީ ވޮޝިންޓަނުން އެ ގައުމުގެ ދާޚިލީ ކަންކަމާ ބެހި، ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

ކިއުބާގެ އޮފިޝަލުން އަދި ރަސްމީކޮށް މިކަމަށް ރައްދެއް ދީފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!