"މިއީ އެމީހުންނަށް ވަރަށް ކުޑަ ނުރައްކަލަކާއެކު ފަސޭހައިން ކުރެވިދާނެ ކަމެއް. އެއީ ފިނޑިން، އަދި އަހަރެމެން އެކަން ހަނދާން ބަހައްޓާނަން!" ޓްރަމްޕް
އީރާނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓް ހަމަލަތަކުގައި ބައިވެރިވުމަށް ނޭޓޯއިން ފަސްޖެހޭތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޭޓޯގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކަކީ "ފިނޑި" ބައެއްގެ ގޮތުގައި ސިފަކުރައްވައި އެ ގައުމުތަކަށް ވަރަށް ބޮޑަށް ކޯފާވެއްޖެއެވެ. ޓްރަމްޕް މިފަދައިން ވިދާޅުވީ އީރާނަށް ޓެރަރިސްޓް ހަމަލަތައް ދިނުމަށް ބައިވެރިވުމަށާއި، ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ފޮނުވުމަށް އެ ގައުމުތަކުން ދެކޮޅު ހަދައި ޓްރަމްޕަށް ސިއްރިއްޔާތުގައި މަލާމާތްއ ކުރުމުންނެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާ ނުލައި ނޭޓޯއަކީ އެއްވެސް ބާރެއް ނެތް "ކަރުދާސް މިނިކާވަގެއް" ކަމަށެވެ. އަދި ނިއުކްލިއާ ބާރަކަށް ވުމަށް އީރާނުން ކުރާ މަސައްކަތް ހުއްޓުވުމަށް ކުރާ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމުތަކުން ބޭނުންނުވީ ކަމަށް ޓްރަމްޕް ހައްދަވާ އިތުރުފުޅުތައް ތަކުރާރު ކުރެއްވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އެ ގައުމުތަކަށް އެއްވެސް ނުރައްކަލެއް ނެތް ގޮތަށް މިހާރު އެ ހަނގުރާމަ އަސްކަރީ ގޮތުން ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. މިވަރުގެ އިތުރުފުޅެއް ހެއްދެވިއިރު އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރުތައް ވަނީ ހަމަލަ ދޭން ނުކުލެދިފައެވެ. އެފް 35 ގެ ދެ ބޯޓު ވަނީ ވައްޓާލާފައެވެ.
ޓްރަމްޕް ވިދާޅުވީ، ތެލުގެ އަގު ބޮޑުވާ މައިގަނޑު ސަބަބަކީ، ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއަށް ނޭޓޯއިން އެހީތެރި ނުވުން ކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ އެމީހުންނަށް ވަރަށް ކުޑަ ނުރައްކަލަކާއެކު ފަސޭހައިން ކުރެވިދާނެ ކަމެއް. އެއީ ފިނޑިން، އަދި އަހަރެމެން އެކަން ހަނދާން ބަހައްޓާނަން!" ޓްރަމްޕް ވިދާޅުވިއެވެ.






