އެެމެރިކާގައި ޝަރީއަތް ކުރުމަށް ކޮސްޓާރިކާގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކާއި އޭނާގެ ބައިވެރިޔާ އެމެރިކާއަށް ބޭރުކޮށްލައިފިއެވެ. މިއީ އެމެރިކާގައި ޝަރީއަތް ކުރުމަށް ކޮސްޓާރިކާގެ މީހަކު ބޭރުކުރި ފުރަތަމަ ފަހަރެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސެލްސޯ ގަމްބޯއާ، 49، އަކީ 2016 އިން 2018 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމާއި 2015 އިން 2016 އަށް ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކުރިން އޭނާ ޖާސޫސީ އިދާރާގެ ވެރިޔާ ކަމާއި ވަޒީރުކަންވެސް ކުރައްވާފައިވާ ސިޔާސީ ބޭފުޅެކެވެ.

އެމެރިކާއިން ބުނަނީ ގަމްބޯއާއަކީ އެމެރިކާއަށް އެކްސްޕޯޓު ކުރާ މަސްތުވާތަކެތި އުފެއްދުމުގައި ހަރަކާތްތެރިވި ބޭފުޅެއް ކަމަށެވެ.
ކޮސްޓާރިކާގައި ކުރިން ބޭރު ގައުމުތަކަށް ޝަރީއަތަށް މީހުން ބޭރުކުރުން މަނާ ކޮށްފައި ވެއެވެ،. ނަމަވެސް ފަހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާއެކު އެކަން ހުއްދަ ކޮށްފައި ވެއެވެ.






