20 އަހަރު ވަންދެން އިރާގަށް ގަދަވެގެން ތިބި ނޭޓޯ ސިފައިން ބާލަން އީރާނަށް ނެގީ އެންމެ ދެ ހަފްތާ

ވޭތުވެދިޔަ 20 އަހަރު ދުވަހު އިރާގުގައި ގަދަވެގަނެގެން ތިބި ނޭޓޯގެ ސިފައިން، ސާމާނުކޮޅު ކިހިލި ޖަހައިގެން ޖޯޑަންއަށް ފިލައިގެން ހިނގައްޖެއެވެ. ނޭޓޯ ސިފައިން އިރާގުން ފިލަން މަޖުބޫރު ކުރީ އީރާނަށް ދެމުންދާ ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން އީރާނުން ދިފާއީ ހަމަލަތައް ވަރުގަދަ ކުރުމުންނެވެ.

އީރާނުން ނުނީ އީރާނަށް ސަޕޯޓު ކުރާ އިރާގް ހަނގުރާމަވެރިން ވަނީ ނޭޓޯ ސިފައިންނަށް ރޮކެޓް ހަމަލަ ދީފައެވެ. އަދި އެމެރިކާގެ އަސްކަރީމަރުކަޒުތަކަށާއި އެމެރިކާގެ އެމްބަސީއަށްވެސް ވަނީ ހަމަލަތަދީ، އެތަންތަން ހުޅު ޖަހާފައެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިރާގުގައި ތިބި ނޭޓޯގެ މުޅި ލަޝްކަރު އެއްކޮށް މިހާރު ވަނީ އެ ގައުމުން ބާލާފައެވެ.

ދެވަނަ މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ވަރަށް މަދު ސިފައިންގެ ގްރޫޕެއް ފިޔަވައި، ނޭޓޯގެ މުޅި މިޝަން މިހާރު ވަނީ އިރާގުން ފައިބާފައެވެ. މި ސިފައިން މިހާރު ގޮސްފައިވަނީ އަވަށްޓެރި ޖޯޑަންއަށެވެ.

ފަހަރެއްގައި މިމީހުން އަނބުރައި އައިސްފާނެއެވެ. އިރާގުގައި ހަރަކާތްތެރިވާ ނޭޓޯގެ މިޝަންގައި އެތައް ސަތޭކަ މުވައްޒަފުންނެއް ހިމެނެއެވެ. މި މިޝަންގެ މައި މަރުކަޒު ގާއިމުކޮށްފައިވަނީ ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއާ ކައިރީގައެވެ. މިއީ އާންމުކޮށް ހަމަލާތައް އަމާޒުވާ ސުންޕާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ.

އީރާނުގެ ކުރިމަތިލުންތަކުގެ ސަބަބުން، 20 އަހަރަށް ވުރެން ގިނަ ދުވަހު އިރާގުގައި ތިބި ނޭޓޯގެ ފައުޖުތަކަށް އެ ގައުމު ދޫކޮށް ދާން މިޖެހުނީ އެންމެ ދެ ހަފްތާގެ ތެރޭގައެވެ.

ހިއްސާ ކުރައްވާ!