އީރާންގެ މެދު ރާސްތާގެ މިސައިލް ޔޫރަޕަށް ފޯރާނެކަން ޔަގީންކޮށްދީފި

ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން މިއަދު ހަމަލަ ދިނީ މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ. މި މިސައިލް އޭގެ އަމާޒަށް ވާސިލު ވިކަން ނޫނީ ނުވާކަން އެމެރިކާއިން ޔަގީން ކޮށެއް ނުދޭނެއެވެ.

އީރާނުން ދޭން ބޭނުންވީ މެސެޖެކެވެ. އެއީ، އީރާންގެ މެދު ރާސްތާގެ މިސައިލް 4 ހާހާއި 5 ހާސް ކިލޯ މީޓަރާ ދެމެދަށް ފޯރާނެކަން ސާބިތު ކޮށްދިނުމެވެ.

ފޮނުވާލައިފިއެވެ. އެއްވެސް މިސައިލެއް އެ މަރުކަޒަށް އަރާފައި ނުވި ނަމަވެސް، މިއީ ތެހެރާނުގެ އަސްކަރީ ގާބިލިއްޔަތު ފުޅާވެފައިވާ މިންވަރު ދައްކުވައިދޭ ނުރައްކާތެރި ކުރިއެރުމެކެވެ.

"މިއީ، އީރާނުގެ މިސައިލްތަކުގެ ރާސްތާ ދުޝްމަނުން ކުރިން ހީކުރި ވަރަށް ވުރެ ދުރުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް" ކަމަށް އީރާނުން ބުންޏެވެ.

މި ސައިލްގެ ރާސްތާއަށް ބަލާއިރު މިއީ ޔޫރަޕަށް ފޯރާވަރުގެ ރާސްތާއެކެވެ. މި ހަމަލާ އަމާޒަށް އެރިކަމުގައިވިއަސް އަދި ނޭރި ނަމަވެސް، މީގެ ސަބަބުން އީރާނުގެ ހަގީގީ ގާބިލިއްޔަތާ މެދު ދުނިޔެ އަލުން ވިސްނަން މަޖުބޫރުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާއާއެކު ނުރައްކަލުގެ ޗާޓު ވަނީ ބަދަލުވެފައެވެ. މިއީ ސިޔާސީ މެސެޖެކެވެ: އެމެރިކާގެ އެއްވެސް މަރުކަޒަކީ އީރާނަށް އަތްނުފޯރާ ފަށުގައި އޮތް ތަނެއް ނޫން ކަން އީރާނުން ވަނީ ސާބިތުކޮށް ދީފައެވެ. މާނައަކީ އީރާނުގެ އެންމެ އަގު ބޮޑު 20 ހާސް ޑޮލަރުގެ މސިައިލް ބޭނުންކޮށްގެން އީރާނަށް މިލިއަން ޑޮލަރުގެ ގެއްލުން ދެވިދާނެ ކަމެވެ.

މި މިސައިލް ހަމަލާގެ ސަބަބުން، އެކަހެރި ސަރަހައްދެއްގައި އޮތް މި މަރުކަޒު ދިފާއުކުރުމަށް އެންމެ ޒަމާނީ މިސައިލް ޑިފެންސް ވަސީލަތްތައް ބޭނުންކުރަން އެމެރިކާއަށް ވަނީ މަޖުބޫރުވެފައެވެ.

އެއް މިސައިލް ހުއްޓުވައި އަދި އަނެއް މިސައިލް ފެއިލްވި ކަމަށް ބުނާ ރިޕޯޓްތައް ގަބޫލުކުރި ނަމަވެސް، އެމެރިކާއަށް ދިފާއީ އިތުރު ފިޔަވަޅުތައް އަޅަން މަޖުބޫރުކުރުވުމަކީވެސް އީރާނަށް ސްޓްރެޓެޖިކް ގޮތުން ލިބޭ ކާމިޔާބީއެކެވެ.

"ޓެކްނިކަލް ނަތީޖާއަށް ވުރެ ބޮޑަށް މުހިންމީ، އެހާ ދުރު ރާސްތާއަކަށް ހަމަލާދިނުމުގެ ގާބިލިއްޔަތު ދައްކާލުން،" ދިފާއީ ދާއިރާގެ މަސްދަރަކުން ފާހަގަކުރިއެވެ.

ހިއްސާ ކުރައްވާ!