އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކާއި ޖެޓް ފައިޓަރުތައް އުޑުން ފައިބަމުން ދަނީ، ބަނީ އިސްރާއީލުގެ ބާގައިގެ މީހުންނަށް މަންނައާއި ސަލްވާ އުޑުން ބާވައި ލެއްވި ފަދައިން ކަމަށް ގަބޫލުކުރަން އަހަރެމެންނަށް މިވަނީ މަޖުބޫރުވެފައެވެ.
- • އެފް-18 މަރުކާގެ ބޯޓެއް ވެއްޓުމުން އެއީ އެކްސިޑެންޓެއްގެ ސަބަބުން ވީކަމެއް ކަމަށް އެމެރިކާއިން ބުނެއެވެ.
- • އެފް-15 މަރުކާގެ ބޯޓެއް ވެއްޓުމުން އެއީ އޮޅިގެން އަމިއްލަ ސިފައިންގެ ފަރާތުން ދެވުނު ހަމަލާއެއްގެ ސަބަބުން ވީކަމެއް ކަމަށް އެމެރިކާ ބުނެއެވެ.
- • ކޭސީ-135 މަރުކާގެ ބޯޓެއް ވެއްޓުމުން އެއީ ވައިގެ ތެރޭގައި އެއްޗެއްގައި ޖެހިގެން ވީކަމެއް ކަމަށް އެމެރިކާ ބުނެއެވެ!
- • އެމްކިއު-9 ޑްރޯން ވެއްޓުނީ ފަންނީ މައްސަލައެއްގެ ސަބަބުން ކަމަށް އެމެރިކާ ބުނެއެވެ.
- • ސައުދީ އަރަބިއްޔާގައި އެމެރިކާގެ އެއާފޯސްގެ ތެޔޮ އަޅާ ފަސް ބޯޓަކަށް އީރާނުން ހަމަލާދިނެވެ. މިފަހަރު ހަދާނެ އިތުރު ދޮގެއް ނެތުމުން އެކަމަށް އެއްބަސްވާން އެމެރިކާއަށް މަޖުބޫރުވިއެވެ.
- • މަތިންދާބޯޓު އުފުލާ މަނަވަރެއްގައި އަލިފާން ރޯވުމުން، އެއީ ކަރަންޓު ޝޯޓެއްގެ ސަބަބުން ވީކަމެއް ކަމަށް އެމެރިކާ ބުންޏެވެ. އެއީ އީރާނުގެ ޑްރޯން ހަމަލާއެއް ނޫން ކަމަށް ގަބޫލުކޮށްދޭން އުޅެއެވެ.

ހުޅަނގުގެ މީޑިއާތަކަކީ އަބަދުވެސް އެމީހުންގެ ނުލަފާ ސަރުކާރުތަކުން އާންމުންނަށް އޮޅުވާލުމަށް ބޭނުންކުރާ ވަސީލަތްތަކެކެވެ.
ނަމަވެސް އެމީހުން މިހާރަށްވުރެ ހުށިޔާރުވާން ޖެހެއެވެ. މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރެއް ނޫނެވެ.
ހުޅަނގު މީޑިއާއިން ރިޕޯޓުކުރާ ކޮންމެ އެއްޗެއް ގަބޫލުކުރަން މީހުން ތިބީ ތައްޔާރަކަށް ނޫނެވެ.
އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ދިމާވާ "ވައިގެ އެކްސިޑެންޓްތައް" ސިފަ ކުރެވޭނެ ހަމައެކަނި ބުއްދިވެރި ގޮތަކީ، އީރާނުގެ މިސައިލްތަކާއި ޑްރޯންތައް އަމާޒަށް އޭގެ އަމާޒަށް ކާމިޔާބު ކަމާއެކު ވާސިލުވަމުންދާ ކަމަށް ބެލުމެވެ.




