އިޒްރޭލުގެ ނިއުކްލިއަރ މަރުކަޒަށް އަމާޒުކޮށް އީރާނުން އާ މިސައިލް ހަމަލާތަކެއް ފޮނުވާލި

އިސްލާމީ ޖުމްހޫރިއްޔާގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނެއްގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައި.އާރު.ޖީ.ސީ) އިން ވަނީ ފަތިހުގެ ވަގުތެއްގައި އިޒްރޭލަށް ހަމަލާދިންކަން ކަށަވަރުކޮށްދީފައެވެ. އައި.އާރު.ޖީ.ސީ ގެ ބަޔާނުގައި ބުނެފައިވަނީ "އީރާނުގެ މިސައިލްތައް އިޒްރޭލުގެ މިސައިލް ދިފާއީ ނިޒާމުތައް ފޫއަޅުވާލާފައިވާ" ކަމަށެވެ.

އިޒްރޭލުގެ ސިފައިން ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާތައް އޭގެ އަމާޒަށް އެރިކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އަދި އިޒްރޭލުގެ އުތުރުގެ ސަރަހައްދަށް "ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދޭ ފައުޖުތައް" ފޮނުވާފައި ވާކަމަށްވެސ ްބުނެފައި ވެއެވެ.

އިޒްރޭލުގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނި ގޮތުގައި، ރޭގަނޑު ދިން ހަމަލާއެއްގައި މިސައިލްގެ އެތިކޮޅެއް ބޭރުވުމުގެ ސަބަބުން ޒަހަމްވި މީހެއްގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ!

އާންމުކޮށް ހިމޭންކޮށް އޮންނަ ނަގަބް ސަހަރާގެ ތެރެއިން، މެދުއިރުމަތީގައި އޮތް ހަމައެކަނި ނިއުކްލިއާ މަރުކަޒާ އެންމެ ކައިރީގައި އޮންނަ ދީމޫނާ ސިޓީއަށާއި، ބީރު ސަބަޢަގެ އިރުމަތީގައިވާ ނިއުކްލިއަރ ސައިންޓިސްޓުން ދިރިއުޅޭ އަރާދު ސިޓީގެ މަގުތަކަށް ގޮވުންތަކުގެ އަޑާއެކު ރޭގަނޑުގެ ހިމޭންކަން މުުރާލިއެވެ.

މިއީ އީރާނުގެ ނިއުކްލިއާ ރިއެކްޓަރެއް ހުންނަ ނަޠަންޒް ސިޓީއަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ޓެރަރިސްޓް ހަމަލާގެ ރައްދުގައި އީރާނުން ދިން އާ ބާވަތެއްގެ ހަމަލާއެކެވެ. ދީމޫނާގައި އީރާނުގެ މިސައިލް "އަޔަން ޑޯމް" އަށް ނުހުއްޓުވި، ނިއުކްލިއާ ރިސާޗް ސެންޓަރާ ގާތަސް މިސައިލްތައް ވެއްޓުނުއިރު، އަރާދުގައި އީރާނުގެ މިސައިލްތަކުން ވަނީ  މީހުން އުޅޭ 8 އިމާރާތް އެއްކޮށް ސުންނާފަތި ކޮށްފައެވެ.

ހިނދުކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ގާތްގަނޑަކަށް އެތައް ސަތޭކަ މީހުން ޒަހަމް ވބިއެވެ. އެމްބިއުލާންސްތައް ކިއޫ ހަދައި، ހޮސްޕިޓަލްތަކުގެ އެނދުތައް ޒަހަމްވި މީހުންނުން ފުރުނެވެ.

ޖެހިގެން އައި 24 ގަޑިއިރު ތެރޭވެސް މީހުންނާއި ގަބުރުތައް އުފުލަން ޖެހުނެވެ. ހަމަލަ ވަރަށްވެސް ކާމިޔާބެވެ!

މި ހަމަލާގެ މުހިންމުކަން އޮތީ ހަމައެކަނި ލިބުނު ގެއްލުމާއި ޒަހަމްވި މީހުންގެ އަދަދަކު ނޫނެވެ. އޭގެ ބަދަލުގައި، މި ހަމަލާއިން ހާމަވެގެންދިޔައީ އިޒްރޭލުގެ ވައިގެ ސަރަހައްދަށް އީރާނަށް ވަދެވޭނެކަމާއި، ސިޔާސީ އަދި ސަލާމަތީ ގޮތުން ވަރުގަދައަށް ރައްކާތެރިކޮށްފައިވާ ސަރަހައްދުތަކުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ގާބިލުކަން އީރާނުގެ މިސައިލްތަކަށް ލިބިގެންވާ ކަމެވެ.

ހިއްސާ ކުރައްވާ!