ސީ.އައި.އޭ ގެ ކުރީގެ ވެރިޔާ ޖޯން ބްރެނަން ވިދާޅުވީ، ރައީސް ޓްރަމްޕަށްވުރެ ބޮޑަށް އޭނާ އިތުބާރު ކުރައްވަނީ އީރާނުން ދައްކާ ވާހަކަތަކަށް ކަމަށެވެ.
ޖޯން ބްރެނަން ވިދާޅުވި ގޮތުގައި، ހަގީގަތްތައް ތަކުރާރުކޮށް ފެންނަން އޮތް ނަމަވެސް ޓްރަމްޕް އެކަންކަން ގަބޫލުކުރައްވަން ތައްޔާރެއް ނޫނެވެ. އަދި އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލައަށް އުފައްދަވާފައިވާ ނާކާމިޔާބީއަކުން އަރައިގަތުމަށެވެ.
އޭނާ ވިދާޅުވަނީ އީރާނުގެ ލީޑަރު އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާއަކީ އިސްރާއީލުން ވަސްވާސް ދީގެން އެމެރިކާ ބައިވެރިވި ހަމަލައެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނުން މަޝްވަރާ ކުރުމުގެ އިޝާރާތެއް ދެމުންދާ ކަމަށް ނުވަތަ އެމެރިކާގެ ޝަރުތުތަކަށް ވާހަކަދައްކަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވާހަކައަކީވެސް ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
ސީ.އައި.އޭ ގެ ކުރީގެ ވެރިޔާ ވިދާޅުވި ގޮތުގައި، އީރާނު ސަރުކާރުގެ ފަރާތުން ޓްރަމްޕްގެ ސަރުކާރާއެކު އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ކުރިއަކަށް ނުދެއެވެ.





