އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް އީރާނަށް 15 ނުކުތާގެ ރޭވުމެއް ފޮނުވައިފި: އެމެރިކާގެ މީޑިއާ

އެމެރިކާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއިން ވަނީ އީރާނަށް 15 ނުކުތާގެ މައްޗަށް އެކުލެވޭ ރޭވުމެއް ހުށަހަޅާފައެވެ.

މި ރިޕޯޓުގައިވާ ގޮތުން، އީރާނުގެ ބިމުގައި ނިއުކްލިއަރ ފައްކާކުރުން ހުއްޓާލުމަށާއި، ނަޠަންޒް، އިސްފަހާން އަދި ފުރުދޫގައި ހުރި ނިއުކްލިއާ ޕްލާންޓްތައް ނައްތާލުމަށް އެމެރިކާއިން ވަނީ ޝަރުތުކޮށްފައެވެ.

އެމެރިކާގެ މީޑިއާ އިތުރަށް ބުނެފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގައި މިނިވަން ކަނޑުގެ ސަރަހައްދެއް ގާއިމުކުރުމަށާއި، ސަރަހައްދީ ގައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ފަންޑުކުރުން އީރާނުން ހުއްޓާލުމަށްވެސް އެމެރިކާއިން ވަނީ ޝަތުރުކޮށްފައެވެ.

ހިއްސާ ކުރައްވާ!