އެމެރިކާގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް އީރާނުން ނިންމައިފި

އެމެރިކާއިން އަސްކަރީ ބާރުގަދަކުރަމުންދިއުމަކީ ވޮޝިންގޓަނުން ގެންގުޅޭ ޑިޕްލޮމެޓިކް ސިޔާސަތާ ފުށުއަރާ ކަމެއްގެ ގޮތުގައި އީރާނުން ދެކެއެވެ. އެމެރިކާއިން ހުށަހަޅާފައިވާ 15 ނުކުތާގެ ހުށަހެޅުމަކީ "އިންތިހާއަށް ހަރުކަށި އަދި ބުއްދިއަށް ގަބޫލުނުކުރެވޭ" ހުށަހެޅުމެއްގެ ގޮތުގައި އީރާނުން ސިފަކުރެއެވެ.

އީރާނުގެ ދެކޭގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން، ތެހެރާންގެ ސެންޓަރ ފޯ މިޑްލް އީސްޓް ސްޓްރެޓީޖިކް ސްޓަޑީޒްގެ ސީނިއަރ ރިސާޗް ފެލޯ، އަބާސް އަސްލާނީ ވިދާޅުވީ، މައިގަނޑު މައްސަލައަކީ ވޮޝިންގޓަނުގެ ޑިމާންޑްތަކުގެ ދާއިރާއާއި އެމެރިކާގެ ހަރުކަށިކަން ހުރި ގޮތް ކަމަށެވެ.

"އެއް ކަމަކީ އެމެރިކާއިން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ހަރުކަށި ޝަރުތުތަކަކަށް ވުން. އީރާނުން މިއީ ޑިޕްލޮމެޓިކް ގޮތުން މުއާމަލާތްކުރުމަށާއި ހަނގުރާމަ ހުއްޓާލުމަކަށް އައުމަށް ވޮޝިންގޓަނުގެ އިޚްލާޞްތެރި ނިޔަތެއް ނެތްކަމުގެ ނިޝާނެއްގެ ގޮތުގައި މާނަކުރޭ،" އަސްލާނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާއިން ޑިޕްލޮމަސީއާއި މަސްރަހު ފިނިކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، އަމަލީ މައިދާނުގައި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

ސަރަހައްދަށް އިތުރު ސިފައިން ފޮނުވުމަށް ވޮޝިންގޓަނުން ނިންމި ނިންމުމަކީ، "އަސްކަރީ ގޮތުން އެމީހުން ގެންގުޅޭ ސްޓްރެޓެޖީއާއި، މަޝްވަރާތަކުގައި ގެންގުޅޭ ރޫހާ ދިމާނުވާކަމުގެ" ސިގްނަލެކެވެ.

އީރާނުގެ ނިންމުންތައް ނިންމާ ފަރާތްތަކުން އެމެރިކާގެ މުނާފިގު ސިޔާސަތު ބަލައެއް ނުގަނެއެވެ.

ހިއްސާ ކުރައްވާ!