އީރާނުން އަސްކަރީ ގޮތުން ބަލިވެފައިވާކަން ގަބޫލުކުރުމަށް އެމެރިކާއިން މަޖުބޫރު ކުރަން ފަށައިފިއެވެ. ވައިޓްހައުސްއިން ބުނެފައިވަނީ އީރާނުން ބަލި ވެފައިވާކަން ގަބޫލުނުކޮށްފިނަމަ، ކުރިއަށް އޮތް ތަނުގައި މާ ވަރުގަދަ ހަމަލާތަކެއް އެމެރިކާއިން އަމާޒު ކުރާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަޖުބޫރު ކުރަނީ އީރާނުން ބަލި ގަބޫލުކުރަންޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ އީރާނު މުސްލިމުންނަށް އެމެރިކާއިން "ނަރަކައިގެ ބިރުވެރިކަން" ދައްކާލާނެ ކަމަށެވެ! މިއީ މިހާތަނަށް އެމެރިކާއިން އީރާނަށް ދީފައިވާ އެންމެ ހަރުކަށި އިންޒާރެވެ.

އެމެރިކާގެ ޓެރަރިސްޓް ހަމަލަތައް ހުއްޓާލަން އެމެރިކާއިން ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް އީރާނަށް ހުށަހަޅާފައެވެ. ނަމަވެސް އީރާނުން ވަނީ މި ހުށަހެޅުންތަކަށް އިންކާރުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ޝަރުތުތަކަކީ "ބުއްދިއަށް ގަބޫލުނުކުރެވޭ ފަދަ" ބޯ ގޯސް ހަރުކަށި ޝަރުތުތަކެއް ކަމަށެވެ.
އެމެރިކާއިން ބުނަމުންދަނީ އީރާނުން މި ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ކުރިއަށްވުރެ މާ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އީރާނުން ބުނީ 250 އަހަރުވެފައިވާ އެމެރިކާ އޮތުމުގެ ކުރިންވެސް އިރާނު އޮތް ކަމަށާއި އަދި އެމެރިކާ ދުނިޔޭން ފޮހެވިގެންދާ ހިނދުވެސް 5 ހާސް އަހަރު ވެފައިޥާ އީރާނު ހަމަ އެގޮތަށް އޮންނާނެ ކަމަށެވެ.





