އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އެކުލަވާލާފައިވާ، ޓެރަރިސްޓް ހަމަލައެއް ދީ މަރާލަންޖެހޭ މީހުންގެ ލިސްޓުން އީރާނުގެ އިސް ދެ އޮފިޝަލެއްގެ ނަން ވަގުތީ ގޮތުން އުނިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ލިސްޓުން ވަގުތީ ގޮތުން އުނިކޮށްފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާއި އެ ގައުމުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް އެވެ.
މިއިން އެމެެރިކާއާއިއިސްރާއީލަކީ ޓެރަރިސްޓް ދައުލަތްތައް ކަން ސާބިތުވެއެވެ.
މި ނިންމުމަކީ އެމެރިކާ އާއި އިސްރާއީލުން މަޝްވަރާކުރުމަށްފަހު
ނަމަވެސް، މި ދެ ބޭފުޅުންގެ ނަން ލިސްޓުން އުނިކުރި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި ދެ ބޭފުޅުންނަކީވެސް އީރާނުގެ ކަންކަން ނިންމަވާ ނުފޫޒުގަދަ އަދި ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ބޭފުޅުންނެވެ.






