އީރާނުން އެގައުމުގެ ދިރި ދެމިއޮތުމަށް ކުރަމުންދާ ދިފާއީ ހަނގުރާމައިގެ 26 ވަނަ ދުވަހު އިޒްރޭލުގެ ސިޓީތަކަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ބުނެއެވެ. އީރާނުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ސެޓެލައިޓް ސްޓޭޝަންތަކަށާއި މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ކާމިޔާބު އަމާޒު ހަމަލާދީފައިވާނެ ކަމަށެވެ.
އީރާނުގެ ސިފައިން ހާމަކުރި ގޮތުގައި، ޖޯޑަންގައި އޮންނަ އެމެރިކާ ސިފައިން ތިބޭ އަލްއަޒްރަގް އެއާ ބޭސް، އަދި ބަހްރޭންގައި އެމެރިކާ ސިފައިން ތިބޭ ޝެއިޚް އީސާ ބޭސް، އަދި ކުވެއިތުގައި އެމެރިކާ ސިފައިން ތިބޭ އަލީ އައްސާލިމް ބޭސްއާއި އެމެރިކާ ސިފައިން ތިބޭ އާރިފްޖާން ބޭސްތަކަށް ވަނީ ކާމިޔާބު އަމާޒު ހަމަލާތައް ދީފައެވެ. މީގެ އިތުރުން އިޒްރޭލުގެ ހައިފާ ސިޓީއާއި އާއި ނިއުކްލިއާ މަރުކަޒު ހުންނަ ދިމޯނާ އާއެކު 70 އަށްވުރެ ގިނަ ތަންތަނަށް ކާމިޔާބު މިސައިލް ހަމަލާތައް އަމާޒު ކޮށްފައިވާ ކަމަށާއި ހުރިހައި މިސައިލެއްވެސް އޭގެ އަމާޒަށް ވާސިލު ވެފައިވާ ކަމަށް އީރާނުން ބުނެއެވެ.

އީރާނުން އިތުރަށް ބުނެފައިވަނީ އީރާނުގެ ޗަބަހާރުގެ މަތިން އުދުހެމުންދިޔަ އެމެރިކާގެ އެފް 18 މަރުކާގެ ހަނގުރާމަމަތީ ބޯޓަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ. އެމެރިކާ ބޯޓުތައް ޝިކާރަ ކުރުމުގެ ރެކޯޑެއް ދުނިޔޭގައި ހަދާފައިވާ ހަމައެކަނި ގައުމަކީ އީރާނެވެ.
އިރާގުގެ ކުރުދީންގެ ވެރިކަން ކުރާ އަރުބީލްގައި ތިބި އެމެރިކާ ސިފައިންނަށް ވެސް ހަމަލާދީފައިވާ ކަމަށް ބުނެއެވެ. އަދި އެމެރިކާގެ އުދުހޭ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ދިން މިސައިލް ހަމަލާއަކާ ގުޅިގެން އެ މަނަވަރު ފިލަންވެގެން މިސްރާބު ބަދަލުކުރަން މަޖުބޫރު ކުރުވި ކަމަށްވެސް ބަޔާނުގައިވެއެވެ.






