އަހަރަމެން މެދުއިރުމަތީގައި ބަލިވީ އޭ ބުނެ ފަތުރަނީ ގޮދު ވާހަކަ: ޓްރަމްޕް

މެދުއިރުމަތީގައި އީރާނުން އެމެރިކާ ގިއްގަޅުވާފައިވާ ކަމަށާއި ބަލިކޮށްލެވިއްޖެ ކަަމށް ބުނެ މީޑިއާގައި ފަތުރަމުން ދަނީ ހުސް ގޮދު ވާހަކަ ކަމަށް އެމެރިކާގެ ޓްރަމްޕް ރައިސް ވިދާޅުވެއެވެ. އަމިއްލަ މޮޅު ވާހަކަ ދެއްކުމުން އުފާ ލިބިގަންނަ ޓްރަމްޕް ވަނީ ލާމަސީލު ކާމިޔާބީ ތަކެއް އެމެރުިކާ ސިފައިން ހޯދަމުންދާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ.

"ހަނގުރާމައިން މިހާރު ކާމިޔާބުވަމުންދަނީ" އެމެރިކާއަށް ޓްރަމްޕް އިތުރުފުޅު ހައްދަވަމުން ވިދާޅުވިއެވެ.

އަދި ތެހެރާނުން މަޝްވަރާތައް ކުރުމަށް އެމެރިކާއަށް ކޮންމެ ދުވަހަކު އާދޭސް ކުރަމުންދާ ކަމަށާއި އީރާން އޮތީ "އެއްބަސްވުމެއްގައި ސޮއިކުރުމަށް ކެތްމަދުވެފައި" ކަމަށް ވެސް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އީރާނުގެ ލީޑަރުން ޓްްރަމްޕާއެކު އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ނަމަވެސް، އެ ގައުމުގެ ރައްޔިތުންގެ ފަރާތުން ނުވަތަ އެމެރިކާގެ ފަރާތުން ވިޔަސް، އަވަހާރަކޮށްލަފާނެތީ އެ ބޭފުޅުން ބިރުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި "އީރާނުގެ ރައީސްކަމުގެ މަގާމާ ހަވާލުވާން ބޭނުންވާ އެކަކުވެސް މިހާރު އެގައުމަކު ނެތް" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މިއާ ހިލާފަށް، އިޒްރޭލުގެ ބޮޑުވަޒީރުގެ ހާރިޖީ ކަންކަމާބެހޭ މުޝީރު "ސީ.އެން.އެން" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އީރާނުން މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަކަށް އިސްރާއީލުން ގަބޫލެއް ނުކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!