އީރާނުގެ ތެޔޮ ވަޅުތައް އެމެރިކާގެ ބާރުގެ ދަށަށް ގެންދަން ޓްރަމްޕް ބޭނުން ވިދާޅުވެއްޖެ

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބުރާސްފަތި ދުވަހުގެ ސަޅި ބައިސާގައި ވިދާޅުވަނީ، އީރާނުގެ ތެޔޮ ރިޒާވްތައް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި، އެއީ އޮތް ފުރުސަތެއް ކަމަށެވެ.

ކެބިނެޓް ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ ތެޔޮ ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން، އެއީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވެ ބާރުއަޅުއްވާފައެވެ. ޓްރަމްޕް މިސާލު ޖެއްސެވީ ވެނެޒުއޭލާގެ ނިކޮލަސް މަޑޫރޯގެ ސަރުކާރު ވައްޓާލުމަށްފަހު އެ ގައުމުގެ ތެޔޮ އެމެރިކައިން ފޭރިގަތް ގޮތާއެވެ.

"އެއީ އޮތް ފުރުސަތެއް،" އީރާނުގެ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް ނެގިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ވެނެޒުއޭލާގެ ތެޔޮ ރިޒާވްތަކާއެކު އެމެރިކާއަށް ވަރަށް ފައިދާވާ ކަމަށެވެ.

ހިއްސާ ކުރައްވާ!