މެދުއިރުމައްޗަށް އިތުރު 10،000 ސިފައިން ފޮނުވުމަށް ޓްރަމްޕް ވިސްނަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަސްކަރީ ގޮތުން އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން، މެދުއިރުމައްޗަށް އިތުރު 10،000 އެއްގަމު ސިފައިން ފޮނުވުމަށް ދިފާއީ ވުޒާރާއިން ވިސްނަމުންދާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްކޮށްފިއެވެ. ޓްރަމްޕް ބޭނުން ވަނީ ބިރު ދައްކައިގެން އީރާނަށް މަޖުބޫރު ކުރާށެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ޑިޕާޓްމަންޓް އޮފް ޑިފެންސްގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި އައު ފައުޖުގައި ހިމެނޭނީ އިންފެންޓްރީ ސިފައިންނާއި ހަނގުރާމަމަތީ އުޅަނދުތަކެވެ. މި ސިފައިން ފޮނުވުމަށް ނިންމާފައިވަނީ މިހާރުވެސް އެ ސަރަހައްދަށް ފޮނުވުމަށް އަމުރުކޮށްފައިވާ 5،000 މެރިން ސިފައިންނާއި 82 ވަނަ އެއާބޯން ޑިވިޜަންގެ 2،000 ޕެރަޓްރޫޕަރުންގެ އިތުރުންނެވެ.

މި ރޭވުމުގެ މައިގަނޑު މަގްސަދަކީ ބިރު ދެއްކުމާއި ނަފްސާނީ ގޮތުން އިރާނާ ހަނގުރާމަ ކުރުމަށާއި، އެމެރިކާގެ މަސްލަހަތުތަކަށް ކުރިމަތިވެދާނެ ނުރައްކާތަކުން ދިފާއުވުމަށް ބޭނުންވާ އަސްކަރީ ބާރުވެރިކަން އިތުރުކުރުމެވެ.

ހިއްސާ ކުރައްވާ!