އިސްރާއީލާއި އެމެރިކާއިން އީރާނުގެ ރަށްތަކަށް ދޭ ޓެރަރިސްޓް ހަމަލަތަކާއި މީހުން ޝަހީދުކޮށްލުމުގެ އަމަލުތައް ނުހުއްޓަނީސް، އެމެރިކާއިން ދައްކަމުންދާ ސުލްހައިގެ ވާހަކަތައް އީރާނުން ސީރިއަސްކޮށް ބަލައިނުގަންނާނެ ކަމަށް ތެހެރާނުން ބުނެފިއެވެ.
އީރާނުން ދޫނުދޭނެ ފަސް ކަމެއް އެމެރިކާއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި އީރާނުގެ ދައުލަތު ދެމެހެއްޓުމާއި މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމާއި، ހުރުމުޒް ކަނޑުއޮޅީގެ މައްޗަށް އޮންނަ ސިޔާދަތީ ބާރު ކަށަވަރުކުރުން ހިމެނެއެވެ. މީގެ އިތުރުން އީރާނުގެ ރަށްތަކަށް ދީފައިވާ ގެއްލުންތަކަށާއި، މަރާލާފައިވާ މީހުންގެ މަރުގެ ދިޔަ ހޯދުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

އީރާނުން އެންމެ ބޮޑަށް ބާރުއަޅަނީ މަޝްވަރާތައް ފެށުމުގެ ކުރިން އަމަލީ ގޮތުން އިޚުލާސްތެރިކަން ދެއްކުމަށެވެ. އެގޮތުން އެމެރިކާއާއި އިސްރާއީލުން އީރާނުގެ ޓެރަރިޒަމް ވަގުތުން ހުއްޓާލުމަށާއި، މީހުން ޝަހީދުކޮށްލުމަށް ހިންގާ އޮޕަރޭޝަންތައް ހުއްޓާލުމަށް އީރާނުން ޝަރުތުކުރެއެވެ.
އީރާނުގެ މަސްއޫލުވެރިން ގަބޫލުކުރާ ގޮތުގައި، ވައިގެ ހަމަލާތަކަށް މެދުކެނޑުމެއް ނައިސް އަދި އަވަހާރަކޮށްލުމުގެ އަމަލުތައް ނުހުއްޓި ކުރިއަށްދާނަމަ، އެމެރިކާއިން ހުށަހަޅާ އެއްވެސް އިސްނެގުމަކީ އިޚްލާޞްތެރިކަމެއް ނެތް، ސީރިއަސް ނޫން ވާހަކަތަކެކެވެ






