ހަނގުރާމައިގެ ޚަބަރުތައް މީޑިއާގެ ފަލަސުރުޚީތަކުން ޖާގަ ހޯދަމުންދާއިރު، އެމެރިކާގެ ރައްޔިތުން ޚަބަރު ހޯދުމަށް ޓީވީއަށްވުރެ ބޮޑަށް ސޯޝަލް މީޑިއާއަށް ބަރޯސާވާން ފަށާފައިވާކަން ހާމަވެއްޖެއެވެ. މި ބަދަލާއެކު ގިނަ ބަޔަކު މިހާރު ޚަބަރުތައް ބަލަމުންދަނީ ސޯޝަލް މީޑިއާ ފީޑްތަކުންނެވެ.
ހަނގުރާމައާ ގުޅޭގޮތުން މީޑިއާއިން ޓްރަމްޕްގެ ފިއްތުންތަކާއި އަދި ޓްރަމްޕަށް ސަޕޯޓު ކުރުމުގެ ގޮތުން ފަތުރާ ޚަބަރުތަކާމެދު ގިނަ ބަޔަކު ޝައްކު ކުރެއެވެ. އަދި އެމެރިކާގެ އެތެރޭން ލިބޭ ޚަބަރުތައް ގަބޫލުކުރުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާކަމަށާއި، ކަމުގެ ހަގީގަތް ހޯދުމަށްޓަކައި އީރާނގެ ވާހަކަ ގެނަސްދޭ ޚިޔާލުތަކާއި ޓްރަމްޕާ ދެކޮޅު ވެރި ޚިޔާލު ހޯދުމަށް މަސައްކަތްކުރާ ކަމަށް މީހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ބައެއް ރައްޔިތުން ބުނެފައިވަނީ އެމެރިކާގެ އެތެރޭގެ ކަވަރޭޖު ކޮންޓްރޯލު ކޮށްފައި އޮތުމުގެ ސަބަބުން ހަނގުރާމައިގެ ޚަބަރުތަކަށް އޮތް އިތުބާރު ކުޑަވުމުން، މިހާރު ޓީވީ ޚަބަރުތައް ބެލުން މުޅިން ހުއްޓާލާފައިވާ ކަމަށެވެ.
ޓީވީ ޗެނަލްތަކުން ގެނެސްދޭ ޚަބަރުތަކަށްވުރެ އަމިއްލަ ފަރުދުން ސޯޝަލް މީޑިއާގައި ހިއްސާކުރާ ތަހުލީލާއި މައުލޫމާތަށް ގިނަ ބަޔަކު މިހާރު މާބޮޑަށް އިސްކަންދެއެވެ. މިއީ އެމެރިކާގެ މުޖުތަމައުގައި ޚަބަރު ފެތުރުމުގެ ނިޒާމަށް އަންނަމުންދާ ބޮޑު ބަދަލެކެވެ.
އީރާނުގެ ހަނގުރާމައާ ގުޅޭގޮތުން ތެދު ޚަބަރު ފަތުރާ މީޑިއާއަށް ގައުމަށް ޣައްދާރުވުމުގެ ދައުވާ ކުރަނީ



