އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާދިނުން އަނެއްކާވެސް ފަސްކޮށްފި

އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް އެމެރިކާއިން ދޭން ނިންމާފައިވާ ހަމަލާތައް ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަފްތާގެ ބަންދާ ގުޅިގެން ފަސްކުރެއްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެއެވެ.

ހުކުރު ދުވަހު ތެލުގެ އަގަށް އައި މި ބަދަލަކީ އޭގެ ކުރީ ދުވަހު އަގުތައް އުފުލިގެން ދިޔަ ދިއުމަށް ލިބުނު ކުޑަ ލުޔެކެވެ. އެމެރިކަގެ ޓެރަރިޒަމްގެ އަމަލުތައް ކުރިން ހީކުރި ވަރަށް ވުރެ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ބާޒާރުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

މާކެޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުކުރު ދުވަހުގެ ފަތިހު މާލޭ ގަޑިން ހެނދުނު 7.30އާ ހަމައަށް ސާފު ނުކުރާ ބްރެންޓް ކްރޫޑްގެ އަގު ވަނީ 1.5 އިންސައްތަ ދަށަށް ގޮސްފައެވެ. އެއާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ހުރީ 93.07 ޑޮލަރަށެވެ. އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު 1.8 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 106.12 ޑޮލަރަށް ތިރިވެފައެވެ.

އީރާނާ ދެކޮޅަށް ހަމަލަ ދޭން ފެށި ފަހުން ބްރެންޓް ކްރޫޑްގެ އަގު ވަނީ ގާތްގަނޑަކަށް 50 އިންސައްތަ އުފުލިފައެވެ. ހަމައެއާއެކު ޑަބްލިއުޓީއައިގެ އަގު ވެސް ވަނީ ގާތްގަނޑަކަށް 40 އިންސައްތަ މައްޗަށް ގޮސްފައެވެ.

ބްރެންޓާއި ޑަބްލިއުޓީއައި ތެލުގެ އަގު ކަނޑައެޅުމަށް މިންގަނޑަކަށް ވަނީ ކީއްވެ؟

މެދުއިރުމަތީގެ ސާފު ނުކުރާ ތެލަކީ ތެލުގެ މިންގަނޑު ބެލުމަށް ބޭނުން ކުރާ ވައްތަރެއް ނޫނެވެ. އަދި އަރަބިންނަކީ ތެޔޮ އުފައްދާ ބައެއް ނޫނެވެ. އެމީހުންނަކީ ތެޔޮ ވަޅު ގެންގުޅޭ ބައެކެވެ. އެ ތެލުން ވިޔަފާރި ކުރަނީ ހުޅަނގުންނެވެ. އަދި ގަލްފްގެ ގިނަ ތެލުގެ ވައްތަރަކީ ބަރު އަދި ސަލްފަރ ގިނަ ވައްތަރުތައް ކަމަށް ވާތީ، އެ ތެޔޮ ސާފު ކުރުމުގެ ޚަބަރު ބޮޑެވެ. އަދި އަރަބި ގަލްފްގެ ތެޔޮ ވިއްކަނީ ގައުމީ ތެޔޮ ކުންފުނިތަކުން ދިގުމުއްދަތުގެ ކޮންޓްރެކްޓްތައް ހަދާފައިވާ ފަރާތްތަކަށެވެ.

މިއާ ހިލާފަށް ބްރެންޓް އާއި ޑަބްލިއުޓީއައި އަގު ކަނޑައަޅަން ފަސޭހަ ވައްތަރެކެވެ. ނަތީޖާއެއްގެ ގޮތުން ބްރެންޓް އާއި ޑަބްލިޔުޓީއައި އަކީ ދުނިޔޭގެ ތެލުގެ އަގުތައް ފާހަގަ ކުރުމަށް މިންގަނޑަކަށް ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!