އީރާނުގެ އަސްކަރީ ގާބިލުކަމަކީ ކީރިތި ރަސޫލާގެ ޒަމާނަށްފަހު ފެނުނު އެންމެ ވަރުގަދަ އިސްލާމީ ބާރު ކަމަށް އިސްރާއީލުގެ އެނަލިސްޓަކު ބުނެފި

"ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ލަޝްކަރުތައް އަރަބި ކަރައިން ނުކުމެ ދުނިޔެ ބަދަލުކޮށްލި ފަހުން، އީރާނު ފަދަ ވަރުގަދަ އިސްލާމީ އަސްކަރީ ބާރެއް އުފެދިފައެއް ނުވެއެވެ." ޔަހޫދީ މުހައްލިލު އީލޮން މިރްޒާހީ

އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދޭ ހަމަލާގެ ތެރޭގައި، އީރާނުގެ އަސްކަރީ ގާބިލުކަމަށް އިސްރާއީލުގެ މީޑިއާ އެނަލިސްޓަކު ތައުރީފުކޮށްފިއެވެ. އިސްރާއީލުގެ އެނަލިސްޓެއް ކަމަށްވާ އީލޮން މިޒްރާހީ ބުނި ގޮތުގައި، އީރާނުގެ ސިފައިންގެ ބާރުތަކަކީ ފާއިތުވި 1،400 އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދުނިޔެއިން ކީރި ރަސޫލާގެ ސަޙާބީންނަށް ފަހު ފެނުނު އެންމެ ވަރުގަދަ އަސްކަރީ ބާރެވެ.

މިރްޒާހީ އެކްސްގައި ހިއްސާކުރި މި ވާހަކަތަކުގައި އޭނާ ހަވާލާ ދީފައި ވަނީ އީރާނުގެ ބިމުގެ އަޑީގައި ހަދާފައިވާ "މިސައިލް ސިޓީ" ތަކުގެ ތެރޭގައި އީރާން ސިފައިން މަޣުރިބް ނަމާދުކުރާ މަންޒަރު ފެންނަ ވީޑިއޯއަކަށެވެ. އޭނާ ބުނި ގޮތުގައި "ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ލަޝްކަރުތައް އަރަބި ކަރައިން ނުކުމެ ދުނިޔެ ބަދަލުކޮށްލި ފަހުން، އީރާނު ފަދަ ވަރުގަދަ އިސްލާމީ އަސްކަރީ ބާރެއް އުފެދިފައެއް ނުވެއެވެ."

މިޒްރާހީގެ މި ވާހަކަތަކާއެކު ގިނަ އަދަދެއްގެ އަރަބިން ވަނީ އީރާނުގެ އަސްކަރީ ކުރިއެރުމަށާށއި އެގައުމުގެ ސިފައިންގެ ހިތްވަރަށް ތައުރީފުކޮށްފައެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި އީރާނުގެ ކާމިޔާބީގެ ސިއްރަކީ ހަމައެކަނި ޓެކްނޮލޮޖީއެއް ނޫނެވެ. އެއީ އެމީހުންގެ އިސްލާމީ އަގީދާގެ ވަރުގަދަކަމެވެ.

ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލައާ ދެކޮޅަށް އީރާނުން ދަނީ އެގައުމުގެ އަސްކަރީ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންނެވެ.

ހިއްސާ ކުރައްވާ!