ވިސާކަޕަޓްނަމުން ފުރައިގެން ދިއްލީއަށް ދަތުރުކުރި އިންޑިގޯގެ ފްލައިޓެއްގެ އިންޖީނަށް މައްސަލައެއް ދިމާވުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ހެނދުނު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި "ފުލް އިމަޖެންސީ" އިޢުލާނުކޮށްފިއެވެ. ފްލައިޓް ނަންބަރު 6E 579 އިން 160 ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދަނިކޮށް، އިންޖީނަށް ދިމާވި މައްސަލައެއްގެ މަޢުލޫމާތު ޕައިލެޓް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވަނީ ހެނދުނު 10:39 ގައެވެ.
މި ހާދިސާއާ ގުޅިގެން ކުއްލި ހާލަތުގައި އަމަލުކުރާ އުސޫލުތައް ވަގުތުން ހަރަކާތްތެރި ކުރެވުނެވެ. ފްލައިޓްރޭޑާ24 ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބޯއިންގް 737-800 މަރުކާގެ މި ބޯޓު ރައްކާތެރިކަމާއެކު ޖައްސާފައިވަނީ ހެނދުނު 10:59 ގައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، ބޯޓު ތިރިކުރަން ފެށި ވަގުތު އިންޖީނަށް މައްސަލައެއް ދިމާވިކަން ޕައިލެޓް ރިޕޯޓުކުރުމާ ގުޅިގެން، އެއާޕޯޓުން ވަނީ ފުލް އިމަޖެންސީގެ ފިޔަވަޅުތައް އަޅާފައެވެ.
އެއާލައިނުން ބުނި ގޮތުގައި ބޯޓުގައި ޖުމްލަ 161 މީހުން ތިއްބެވެ. އަދި ފުރަތަމަ ބެލިބެލުމުން އެއް އިންޖީނު ފެއިލްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން ހާލަތު ކޮންޓްރޯލް ކުރެވުނެވެ. ހުރިހާ ފަސިންޖަރުން ވަނީ ރައްކާތެރިކަމާއެކު ބޯޓުން ބާލާފައެވެ.





