ޓްރަމްޕް މިފަހަރު ބަލި ޤަބޫލު ކުރައްވައިފި!

ޓްރަމްޕް މިފަހަރު ބަލި ޤަބޫލު ކުރައްވައިފި އެވެ. ނަމަވެސް އޭނާގެ މާނައަކީ ޓްރަމްޕް ރައީސް ދެން ވާހަކަ ދައްކަވާ ވަގުތެއްގައި އެބަސްފުޅު ބަދަލު ނުކުރައްވާނެ ވާހަކައެއް ނޫނެވެ.

ޓްރަމްޕް ވިދާޅުވީ "އީރާނުން 17 ދިމާލަކުން އަހަރެމެންނަށް ހަމަލާދިން، އަދި އަހަރެމެން ފުރާނަ ސަލާމަތްކުރަން ފިލަން ޖެހުނީ"

މިއާމީގައި ބޭއްވި ސައުދީ އިންވެސްޓްމަންޓް ފޯރަމެއްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ޑޮނަލްޑް ޓްރަމްޕް ވަނީ، "ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރަށް" އިސްލާމީ ޖުމްހޫރިއްޔާ އީރާނުން ދިން ހަމަލާ ކާމިޔާބުވިކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް" އަށް އަމާޒުކޮށް އީރާނުން ހިންގި އޮޕަރޭޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ: "ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރަށް އީރާނުން 17 ދިމާލަކުން ހަމަލާދިން. އަހަރެމެން ފިލީ ފުރާނަ ސަލާމަތްކުރަން. އެކަން އޮތީ ނިމިފައި."

ޓްރަމްޕް ވިދާޅުވާ މި ވާހަކައަކީ އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނި ވާހަކައާ ފުށު އަރާ ވާހަކައެކެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ މަތިންދާބޯޓު އުފުލާ ޖެރާލްޑް ފޯޑު މަނަވަރަށް ދިމާވި މައްސަލައަކީ "ލޯންޑްރީ ރޫމްގައި ހިނގި އަލިފާނުގެ ހާދިސާއެއް" ކަމަށެވެ.

ހިއްސާ ކުރައްވާ!