ފޮޓޯއިން: އީރާންގެ ވެރިކަން ވައްޓާލަން އުޅުނު މީހާއާ ދެކޮޅަށް އެތައް މިލިއަން މީހުން މުޒާހަރާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅު ހެދުމަށާއި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ނޯ ކިންގްސް" ގެ ނަމުގައި އިއްޔެ ބޮޑެތި މުޒާހަރާތަކެއް ބާއްވައިފިއެވެ.

މި މުޒާހަރާތަކުގެ ބައިވެރިން ވަނީ ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ހާލަތު ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އެމެރިކާގެ ބޭރުން ގިނަ ގައުމުތަކެއްގައި މި ރެލީތައް ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި ޔޫކޭ ގްރީސް، އިޓަލީ، ފްރާންސް، ސްޕެއިން، ޖަރުމަނުވިލާތް، ނެދަލޭންޑްސް އަދި އޮސްޓްރޭލިއާ ހިމެނެއެވެ. މި ގައުމުތަކުގެ މަގުތަކަށް ނުކުތް މީހުން ވަނީ ޓްރަމްޕްގެ އިދާރާއާ ދެކޮޅަށް ޝިއާރުތައް ބޭނުންކޮށް، ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅާފައެވެ.

މި މުޒާހަރާތަކަކީ ދުނިޔޭގެ ސުލްހައަށް ލޯބިކުރާ ފަރާތްތަކުން އިންތިޒާމުކޮށްގެން، އެމެރިކާގެ މިހާރުގެ ޚާރިޖީ ސިޔާސަތުތަކަށް އޮތް ނުރުހުން ހާމަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކެކެވެ. މުޒާހަރާގެ ބައިވެރިން ފާހަގަކުރި ގޮތުގައި، އީރާނާއެކު ކުރެވޭ ހަނގުރާމައަކީ މުޅި ދުނިޔޭގެ ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ.

ހިއްސާ ކުރައްވާ!