އަރަބި ގައުމުތަކުގައި ފިތުނަ އުފެއްދުމަށް ސައޫދީން ކުރި މަސައްކަތާ މެދު ކުރީގެ ޚާރިޖީ ވަޒީރު ވިދާޅުވަނީ ކީކޭ؟

ސައޫދީ އަރަބިއްޔާގެ ކުރީގެ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ މަސްލަހަތު ނަގާލުމަށާއި އެމެރިކާގެ ނުފޫޒު އަރަބި ގައުމުތަކުގައި ފެތުރުމަށް ސައޫދީ އަރަބިއްޔާއިން ކޮށްފައިވާ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އާދިލް އަލްޖުބައިރު ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާއިން ވަނީ އެމެރިކާގެ މަސްލަހަތުތަކަށްޓަކައި ވަރަށް ބޮޑަށް ޚިދުމަތްތަކެއް ކޮށްދީފައެވެ. މިގޮތުން އެމެރިކާއިން އަފްޣާނިސްތާނަށް އެރި އެރުމުގައި ސައޫދީން އެހީތެރިވެ ދިންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިސްރުގެ ކުރީގެ ރައީސް ޖަމާލް އަބްދުއްނާސިރު ގެ ސަރުކާރު ބަލިކަށިކޮށްލުމަށް ސައޫދީން ކުރި މަސައްކަތާއި އެކަމުގައި ސައޫދީގެ ދައުރު އޮތްކަމަށް ޖުބައިރު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ "އަޅުގަނޑުމެން އެމެރިކާއަށް ޚިދުމަތް ކުރިން، އަދި އަފްޣާނިސްތާނަށް އެމެރިކާ ސިފައިން އެރުމާއި، ޖަމާލް އަބްދުއްނާސިރު ބަލިކޮށްލުމުގައި ވެސް އެމީހުންނާއެކު ބައިވެރިވިން" ކަމަށެވެ.

ޖުބައިރުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ މެދުއިރުމަތީގެ ހުރިހާ ގައުމުތަކެއްގައިއެމެރިކާގެ ބަސްއަހާ ސަރުކާރުތައް އިންދުމަށާއި އެ ގައުމުތައް އެމެރިކާގެ ނުފޫޒުގެ ދަށަށް ގެނައުމަށް ސައޫދީން ކުރި މަސައްކަތުގެ ވާހަކައެވެ. އޭނާ ވިދާޅުވީ މެދުއިރުމަތީގެ ހުރިހާ ގައުމުތަކެއް ވެސް އެމެރިކާގެ ކިޔަމަންތެރިކަމުގެ ދަށަށް ގެނައުމުގައި ސައޫދީން ބޮޑު ޚިދުމަތެއް އެމެރިކާއަށް ކޮށްދީފައި ވާނެއެވެ.

ހިއްސާ ކުރައްވާ!