ސޮލީބީ ހަނގުރާމަވެރި ލީޑަރު ޓްރަމްޕް އެންމެ ފަހުން ހަތިޔާރު ބައްޓައިފި

ހުރުމުޒު ބަންދު ކޮށްފައި އޮތަސް ހެޔޮ ކަމަށް ބުނެ އެމެރިކާގެ ސޮލީބީ ލީޑަރު ހަތިޔާރު ބަހައްޓައި ހަނގުރާމަ ހުއްޓާލުމަށް ނިންމައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އެހީތެރިންނަށް ހަނގުރާމަ ހުއްޓާލުމަށް އަންގާފައިވާ ކަމަށް ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ.

އެ ނޫހަށް އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ކުރާ ކޮންމެ މަސައްކަތަކީ އޮޅުންބޮޅުން ބޮޑު ކަމަކަށް ވާނެއެވެ. އަދި އެކަމުގެ ސަބަބުން، އަސްކަރީ ކެމްޕޭން ނިންމާލުމަށް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ތާވަލަށްވުރެ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެއެވެ. އެހެންވެ ސޮލީބީ ލީޑަަރު ބޭނުންފުޅު ވަނީ ހަނގުރާމަ މިހިސާބުން ނިންމާލާށެވެ.

ޓްރަމްޕް އެދޭ ގޮތަށް އެ ނިންމުން ތަންފީޒުކޮށްފިނަމަ، ދުނިޔޭގެ ހަކަތައިގެ އަގުތައް އުފުލެން މެދުވެރިވި އެ ކަނޑުއޮޅީގެ ފުރިހަމަ ބާރު އޮންނާނީ އީރާނުގެ އަތުގައެވެ. މިއީ ހަނގުރާމައިން އީރާނަށް ލިބޭނެ ސީދާ ކާމިޔާބެކެވެ. ކުރިން އީރާނުން މި ކަނޑުއޮޅިއަށް ބާރު ދައްކައި ހަދައެއް ނޫޅުނެވެ. ތެހެރާނަށް ލިބިގެންދާނެއެވެ.

ހަނގުރާމަ އަވަހަށް ނިންމާލުމަށް ޓްރަމްޕް ބުނާއިރު މެދުއިރުމަތީގައި އެމެރިކާގެ ސިފައިންގެ އަދަދު އިތުރުކުރަމުންދާ ދިއުމާ ފުށުއެރުމެއްވެސް ވެއެވެ. ޓްރަމްޕަކީ ފުށުއެރުން ބޮޑު މީހެކެވެ. އަސްކަރީ ބާރު ވަރުގަދަކުރަމުންދާ ދިއުމާ މިކަން ފުށުއަރައެވެ.

އެމެރިކާއިން ވަނީ ޔޫއެސްއެސް ޓްރިޕޮލީ އާއި 2،500 އަށްވުރެ ގިނަ މެރިން ސިފައިން އެ ސަރަހައްދަށް ފޮނުވާފައެވެ. މީގެ އިތުރުން، އިތުރު 10،000 އެއްގަމު ސިފައިން ފޮނުވުމަށާއި، އީރާނުގެ ޔުރޭނިއަމް އަތުލައިގަތުމުގެ އުނދަގޫ މިޝަނެއް ކުރިއަށް ގެންދިއުމާ މެދުވެސް ޓްރަމްޕް ވަނީ ވިސްނަވާފައެވެ.

ޖާނަލްގެ ރިޕޯޓުގައިވާ ގޮތުން، ފާއިތުވި ދުވަސްތަކުގައި ޓްރަމްޕާއި އޭނާގެ އެހީތެރިން ލަފާކޮށްފައިވާ ގޮތުގައި، ހުރުމުޒު ކަނޑުއޮޅި ހުޅުވަން މަސައްކަތް ކޮށްފިނަމަ، ހަތަރު ހަފުތާއާއި ހަ ހަފުތާއާ ދެމެދުގެ މުއްދަތަކަށް އޭނާ ކަނޑައަޅުއްވާފައިވާ ތާވަލަށްވުރެ ހަނގުރާމަ ދިގުލައިގެންދާނެއެވެ.

އޭގެ ބަދަލުގައި ޓްރަމްޕް ނިންމަވާފައިވަނީ އެމެރިކާގެ މައިގަނޑު އަމާޒަކަށް ހަދަންވީ އީރާނުގެ ކަނޑުގެ ސިފައިންނާއި މިސައިލް ރައްކާކޮށްފައިވާ މިންވަރު މަދުކުރުމަށް ފަހު، ހަނގުރާމަ ހުއްޓާލައި، ވިޔަފާރީގެ މުއާމަލާތްތައް އަލުން ފެށުމަށް ޑިޕްލޮމެޓިކް ގޮތުން އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށެވެ. އެކަން ނާކާމިޔާބުވެއްޖެނަމަ، ކަނޑުއޮޅި ހުޅުވުމަށް ޔޫރަޕާއި ގަލްފުގެ ގައުމުތައް ބައިވެރިކޮށްގެން ހަނގުރާމަ އަލުން ފެށުމަށް ޓްރަމްޕް ބާރު އަޅަން ބޭނުން ކަމަށް ޖާނަލް ގައި ބުނެފައި ވެއެވެ.

ބަދަލު ވަމުންދާ ޓްރަމްޕްގެ ވިސްނުމާއި ސިޔާސަތު ވަނީ ވައިޓް ހައުސްގައި ބޭއްވި މީޑއާއަށް މައުލުމާތު ދިނުމުން ވެސް ހާމަވެފައެވެ.

ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ،  ހުރުމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ޓޭންކަރުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަން ނިންމާލުމަށް ޓްރަމްޕް ކަނޑައަޅުއްވާފައިވާ "މައިގަނޑު މަގުސަދުތަކުގެ" ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް އަލްޖަޒީރާއަށް ވިދާޅުވެފައި ވަނީ، އެމެރިކާގެ އަސްކަރީ އޮޕަރޭޝަން ނިމުމުން، ކޮންމެވެސް ގޮތަކުން އެ ކަނޑުއޮޅި "އަލުން ހުޅުވޭނެ" ކަމަށެވެ.

"އެތަން ހުޅުވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައި، ވިޔަފާރި ދަތުރުފަތުރަށް ހުރަސްނޭޅުމަށް އީރާނުން އެއްބަސްވުމުން، ނުވަތަ އެމެރިކާގެ ބައިވެރިވުމާއެކު ދުނިޔޭގެ ގައުމުތަކާއި ސަރަހައްދީ ގައުމުތަކުގެ އިއްތިހާދަކުން އެތަން ހުޅުވާނެކަން ކަށަވަރުކުރުމުން،" ރޫބިއޯ ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ގެއްލުން ބޮޑު ކަމެއްކަން މިހާރު ޓްރަމްޕަށް ވަނީ ވަޒަން ކުރެވިފައެވެ.

ހިއްސާ ކުރައްވާ!