އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން އިންޓަރވިއުގައި ސުއާލު ކުރުމުން އެމެރިކާގެ ސޮލީބީ ސަހުޔޫނީ ފިކުރުގެ ސެނެޓަރ ލިންޑްސީ ގްރަހަމް ބުނެފައި ވަނީ ޣައްޒާ އެއްކޮށް ސުންނާފަތިކޮށްލުމަށް ގޮވާލާ ކަމަށެވެ. އެއް ޖިންސުން ޖިންސީ ގުޅުން ހިންގާކަމަށް މަޝްހޫރު މިމީހާގެ ވަހުޝީ ވާހަކައިން ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ގްރަހަމް ބުނެފައިވީ، ޣައްޒާ އެއްކޮށް ބިމާ ހަމަކޮށްލަން ޖެހޭ ކަމަށެވެ. އޭނާ މިކަމަށް މިސާލު ޖެއްސެވީ ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ބާލިން އާއި ޓޯކިޔޯ ސުންނާފަތިކޮށްލި ގޮތާއެވެ.
"އެތަން އެއްކޮށް ފުނޑާލަންވީ!. އަހަރެމެން ބާލިން ވެސް ފުނޑާލިން! އަހަރެމެން ޓޯކިޔޯ ވެސް ފުނޑާލިން!" ފަޚުރުވެރިކަމާއެކު ގްރަހަމް ކިޔައި ދެމުން ދިޔައެވެ.

މިއީ ނަތަންޔާހޫއަށް ވާގިވެރިވާ ސަހުޔޫނީ ފިކުރުމުގެ ވަސްވާސް ދިނުމަށް މަޝްހޫރު މީހެކެވެ.
ގްރަހަމް ބުނީ އެފަދަ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން މަރުވަމުން ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. އޭނާގެ އެ ވާހަކަ އަޑުއެހުމަށްފަހު ޕްރޮގްރާމްގެ ހޯސްޓް ހުރީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ.
ގްރަހަމްގެ މި ލާއިންސާނީ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ސިޔާސީ ލީޑަރުންގެ ފަނާކުރަނިވި ވިސްނުން ވަނީ ހާމަވެފައެވެ.
އެމެރިކާއަކީ އެ ގައުމުގެ 250 އަހަރުގެ ތާރިޚުގައި 230 އަހަރު މުޅިންވެސް ހަނގުރާމައާއި ފަނާކުރުމާއި ފަސާދަ ކުރުމުގައި ވަގުތު ހޭދަކޮށްފައިވާ ގައުމެކެވެ.









