އަޑީގައި އޮވެގެން ފައިސާއާއި ހިތްވަރު ދީގެން އިސްރާއީލުގެ ލާއިންސާނީ ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ހިތްވަރުދޭ އެމެރިކާއިން ބުނަނީ ފަލަސްޠީނުގެ އަސީރުން ދަންޖައްސަން އެމެރިކާއިން ފާސްކުރި ގާނޫނަކީ އެމެރިކާއިން ރުހޭ ގާނޫނެއް ކަމަށެވެ.
ޖެނޮސައިޑަށް ވާގިވެރިވާ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އިސްރާއީލުގެ ކްނެސެޓް އިން ފާސްކުރި ގާނޫނަށް އެމެރިކާއިން އިހުތިރާމް ކުރާ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުންނާއި ވިލާތުގެ ގައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންދާ ގާނޫނެއް ކަމުގައިވި ނަމަވެސް، އެމެރިކާއިން ވަނީ އިސްރާއީލުގެ މި ނިންމުން ދިފާއުކޮށްފައެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ޓެރަރިޒަމްގެ ކުށް ސާބިތުވާ މީހުންނަށް ކަނޑައަޅާނެ އަދަބުތަކާއި ގާނޫނުތައް ހެދުމުގެ އިސްތިގުލާލީ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށެވެ. އަދި މިފަދަ އަދަބުތައް ތަންފީޒު ކުރާނީ ޝަރީއަތުން ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.
އެމެރިކާއަކީ ފަލަސްޠީނުގެ ޖެނޮސައިޑަށް ވާގިވެރިވާ ސަރުކާރެވެ. އަދި ސޮލީބީ ޓްރަމްޕް ވަނީ މި ޖަރީމާގައި ބައިވެރިވާ ކަން ޔަހޫދީ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހުރެގެން ވާހަކަ ދައްކަމުން ކަށަވަރުކޮށްދީފައެވެ. މިއޮތީ އެވާހަކަ:





