ބަނގްލަދޭޝްގައި ވިޔަފާރި ބޭނުމަށް ފޮރުވައިގެން ގެންގުޅުނު ގިނަ އަދަދެއްގެ ތެޔޮ އަތުލައިގަނެފި

ސޮލީބީ ސަހުޔޫނީ ޓެރަރިޒަމްގެ ހަމަލަތަކާ ގުޅިގެން މެދުަިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާ އެކު މުޅި ދުނިޔެއަށް ހަކަތަ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ބަނގްލަދޭޝްގައި ވަގު ވިޔަފާރިއަށް ފޮރުވައިގެން އުޅުނު ގިނަ އަދަދެއްގެ ތެޔޮ ހޯދައިގެންފިއެވެ. އެ ގައުމުގެ 64 ޑިސްޓްރިކްޓެއްގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ވަގު ވިޔަފާރިއަށް ރައްކާކޮށްފައި ހުރި 90ހާސް ލީޓަރުގެ ތެޔޮ އަތުލައިގަނެފިއެވެ.

ބަނގްލަދޭޝްގެ އެނާޖީ އެންޑް މިނަރަލް ރިސޯސަސް ޑިވިޜަންގެ ތަރުޖަމާނު އަދި ޖޮއިންޓް ސެކްރެޓަރީ މުނީރު ޙުސައިން ޗައުދަރީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗވަގު ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް 391 ތަނަށް ރޭޑް ޖަހާފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި 191 މައްސަލައެއް ފައިލްކޮށް، 1 މިލިއަން ޓާކާ އިން ޖޫރިމަނާކޮށްފައިވެއެވެ.

ފޮރުވައިގެން ގެންގުޅުނު ތެލުގެ ތަފްޞީލަށް ބަލާއިރު، އޭގައި ހިމެނެނީ 68 ހާސް ލީޓަރުގެ ޑީސަލާއި، 7 ހާސް ލީޓަރުގެ އޮކްޓޭންގެ އިތުރުން 14 ހާސް ލީޓަރުގެ ޕެޓްރޯލެވެ. މި މައްސަލަތަކާ ގުޅިގެން ހަތް މީހަކަށް ޖަލު ހުކުމް އިއްވާފައިވެއެވެ.

އެމެރިކާއާއި ޔަހޫދީންގެ ސޮލީބީ ހަނގުރާމައިގެ ސަބަބުން ބަނގްލަދޭޝްއަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބަނގްލަދޭޝް ޕެޓްރޯލިއަމް ކޯޕަރޭޝަން (ބީޕީސީ) ގެ ޖެނެރަލް މެނޭޖަރު މުޙައްމަދު މުރްޝިދު ޙުސައިން އާޒާދު ވިދާޅުވި ގޮތުގައި، އެންމެ ފަހުން އިންޑިއާއިން ވަނީ އިތުރު 5,000 ޓަނުގެ ޑީސަލް ފޯރުކޮށްދީފައެވެ. މިއާއެކު ފަހުގެ ތާރީޚެއްގައި އިންޑިއާއިން ބަނގްލަދޭޝްއަށް ފޯރުކޮށްދިން ޑީސަލްގެ ޖުމްލަ އަދަދު ވަނީ 15,000 ޓަނަށް އަރާފައެވެ. ކުރިއަށް އޮތް އޭޕްރިލް މަހުގެ ތެރޭގައިވެސް އިންޑިއާއިން އިތުރު ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!