މެދުއިރުމަތީގައި ހިންގާ ޓެރަރިސްޓް ހަމަލަތަކާ ގުޅޭ ގޮތުން ޕްރެޝަރ ބޮޑުވުމުން ޓްރަމްޕް ގައުމާ މުޚާތަބު ކޮށް ބޮޑު ބަޔާނެއް އިއްވުމަށް ނިންމަވައިފިއެވެ.
ޓްރަމްޕް ގައުމާ މުޚާތަބު ކުރައްވާނީ މާދަމާ 2 އެޕްރީލްގެ މާލޭ ގަޑިން ހެނދުނު 6 ޖަހާއިރު ކަމަށް ވައިޓްހައުސްއިން ބުނެއެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލަތަކަށް ފަހު ދެ ގައުމު ވެސް ވަނީ ދުނިޔެއާ އެކަހެރި ވެފައެވެ. މި ހަމަނުޖެހުން އުފައްދައި ހައިޖާން ހިންގުމަށް މި ދެގައުމާ ބައިވެރިވާނެ ފަރާތެއ ްނުވިއެވެ. އޭގެ ބަދަލުގައި ދުނިޔެއިން ފެނިގެން ދިޔައީ މަލާމާތާއި ފުރައްސާރައެވެ.
އަދި އީރާނުގެ ކުޅަދާނަކަންވެސް ވަނީ ފެނިގެން ގޮސްފައެވެ. އީރާނުން ވަނީ އިސްރާއީލުގެ ސަލާމަތީ ޖާސޫސީ މަރުކަޒުތަކަށް ހަމަލަދީ އަވަށްތައް އެއްކޮށް ބިިމާ ތިރިކޮށްފައެވެ. ތެލް އަވީވަކީ ޣައްޒާއާ އެއް ހާލަތަށް އީރާނުގެ މިސައިލްތަކުން ވަނީ ބަދަލު ކޮށްދީފައެވެ.
އީރާނުން ފެށި ވަޢުދުއްސާދިޤު 4 ގައި އިސްރާއީލުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 3 ގައުމަކުން ބައިވެރިވެގެން ޔަހޫދީ ގައުމަށް ހަމަލަ ދީފައި ވެއެވެ. އީރާންގެ އިތުރުން ލުބުނާންގެ ޙިޒުބުﷲއާއި ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ވަނީ ޔަހޫދީ ގައުމަށް ހަމަލަ ދީފައެވެ.
ޙިޒުބުﷲ އިން ވަނީ ހިފާފައިވާ ފަލަސްޠީނުގެ އުތުރުގައި އިންދާފައިވާ ލުބުނާންގެ ސަރަހައްދާ އިންވެގެން އޮންނަ ކިތިޔާރު ޝިމޯނާ ބަސްތީއަށް ވަދެ ހިޒުބުﷲގެ ދިދަ ނަގާފައެވެ. ވަލިއްލާހިލްޙަމްދު!






