ޔޫއޭއީ ނަމަކަށް ކިޔާ ދައުލަތެއް އިނގިރޭސި ޑިޕްލޮމެޓަކު އުފަން ކޮށްދިނީ ކިހިނެއް؟

ޔޫއޭއީއަކީ އުސް އިމާރާތްތަކާއި ރަނުގެ ބާޒާރާއި ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމަކަށް ވުމުގެ މާ ކުރިން، އެ ގައުމު އެކުލެވިގެންވާ 7 އިމާރާތް އޮތީ ވަކި ބޯޑަރެއް ކަނޑައެޅިފައި ނުވާ، ގަބީލާތަކުގެ މެދުގައި ބެހިފައިވާ ސަރަހައްދުތަކެއްގެ ގޮތުގައެވެ.

1950 ގެ އަހަރުތަކުގައި، އޭރުގެ ޒުވާން އިނގިރޭސި ޑިޕްލޮމެޓެއް ކަމަށްވާ އިނގިރޭސި ސަފީރު ޖޫލިއަން ވޯކާއާ އިނގިރޭސި ސަރުކާރުން ހަވާލުކުރި އާދަޔާ ހިލާފު މަސައްކަތެކެވެ. އެއީ ޔޫއޭއީ އުފެދުމުގެ ކުރިން އެ ސަރަހައްދަށް ކިޔުނު ނަން ކަމަށްވާ 'ޓްރޫޝަލް ސްޓޭޓްސް' ގެ ޗާޓު ކުރެހުމުގެ މަސައްކަތެވެ.

ޔޫއޭއީ އުފެއްދުމަށް އިނގިރޭސިން މަސައްކަތް ފެށީ އެއިރު އިނގިރެސި ބޮޑު ވަޒީރު ހެރަލްޑް ވިލްސަން ގަލްފުން އިނގިރޭސި ސިފައިން ބާލަން ނިންމުމުން އިނގިރޭސި އިސްތިއުމާރަށް އެހީވެދިން އެ ސަރަހައްދުގެ އަރަބި ޗެއިޚުންގެ ރަސްކަންތަކަށް ވެދާނެ ގޮތާމެދު ސުއާލު އުފެދުމުންނެވެ. އިނގިރޭސިން ލަފާ ކުރީ އެމީޙުން ފައިބައިގެން ދިއުމުން އަންނަ ބާރުގެ ހުސްކަމާއެކު މި ޝެއިޚުންގެ ރަސްކަންތައް ހަމަނުޖެހުމަކަށްވެއްޓި އުވިގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ އެމީހުން އެއްކޮށްލައި އެއް ދައުލަތެއްގެ ތެރެއަށް ވެއްދުމަށް ނިންމީއެވެ.

ޖޫލިއަން ވޯކަރު: ޔޫއޭއީ ގައުމެއް ކަމަށް ކަނޑައަޅައިދިން މޭސްތިރި

އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ބާވެފައިވާ ލޭންޑް ރޯވަރެއްގައި އެކަނިމާ އެކަނި ސަހަރާގެ ތެރޭގައި ދަތުރުކުރަމުން، އިނގިރޭސި ސަފީރު ޖޫލިއަން ވޯކާ ވަނީ ސަހަރާގައި ފޭލިގެތަކުގައި ދިރިއުޅެމުންދިޔަ ބަދަވީ ގަބީލާތަކާ އިންޓަވިއުކޮށް، އެމީހުންގެ މެދުގައި އޮންނަ ގުޅުންތައް ދެނެގަނެ، ކުރިން އެއްވެސް ނިޝާނެއް ނެތް ހަނަފަސް ސަހަރާގައި އެ އިން ކޮންމެ ގަބީލާއަކަށް ނިސްބަތްވާ ބޯޑަރުތައް ކުރަހާފައެވެ.

އޭނާ ފަހުން ހަނދާން އާކުރި ގޮތުގައި، "އޭރު އެއްވެސް ޗާޓެއް ނެތުމުން، މުޅި ސަރަހައްދު އަލުން ޗާޓުކުރަން ޖެހުނެވެ." ގަބީލާތަކުގެ މީހުން ދިން މައުލޫމާތާއި އާދައިގެ ސާވޭ ސާމާނު ބޭނުންކޮށްގެން އޭނާ އަތުން ކުރެހި 31 ޗާޓަކީ، 1963 ވަނަ އަހަރު އިނގިރޭސިން އެކުލަވައިލި ގަލްފްގެ އަރަބި ޝެއިޚުންގެ ގައުމުތަކުގެ ފުރަތަމަ ރަސްމީ ބޯޑަރު ޗާޓުގެ އަސާސެވެ.

ޖޫލިއަން ވޯކަރު ކުރެހި ޗާޓު:

މި މަސައްކަތް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ އިނގިރޭސިންގެ އަމިއްލަ އެދުމެއް އޮވެގެންނެވެ. އެއީ އެ ސަރަހައްދުން ތެޔޮ ހޯދުމުގެ މަސައްކަތް ފަސޭހަ ކުރާށެވެ. އެފަދަ އިންވެސްޓްމެންޓަކަށްޓަކައި ސަރަހައްދީ އިންތައް ސާފުކޮށް އެނގެން ޖެހެއެވެ.

ވޯކާ ކުރެހި މި އުނދަގޫ ބޯޑަރުތަކަށް "މިސްޓަރ ވޯކާގެ ޖިގްސޯ ޕަޒްލް" ގެ ނަމުން ނަންދެވުނެވެ. މީގެ ސަބަބުން ގަލްފްގެ ބޯޑަރުތަކުގެ އިތުރުން، އެތައް ޙާސް އަހަރަކަށް ދެމިގެން ގޮސްފައިވާ ޒަމާންވީ ދައުލަތެއް ކަމަށްވާ އޮމާނާ ދެމެދު އޮތް ޔޫއޭއީގެ ބައެއް ބޯޑަރުތައް ވެސް ކަނޑައެޅިގެން ދިޔައެވެ.

ޖޫލިއަން ވޯކަރު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ

1971 ވަނަ އަހަރު އިނގިރޭސިން ގަލްފުން ފޭބިއިރު، ވޯކާ އެނބުރި އައީ ދުބާއީގައި ހުރި އިނގިރޭސިންގެ އެންމެ ފަހުގެ ސިޔާސީ މަންދޫބުގެ ގޮތުގައެވެ. އޭނާ ވަނީ ޔޫއޭއީ އުފެދުމަށް ކުރެވުނު އެންމެ ފަހުގެ މަޝްވަރާތަކުގައި އެހީތެރިވެދީފައެވެ. އޭނާ ކުރެހި ގަބީލާތަކުގެ ބޯޑަރުތަކުގެ ދައުރު ނިމި، ޔޫއޭއީގެ ފުރަތަމަ ގައުމީ ދިދަ ނެގި މަންޒަރު އޭނާއަށް ފެނިގެން ދިޔައެވެ.

ބަދަވީންގެ ދިރިއުޅުން: ސަހަރާގައި ފޭލިގޭގައި

ހިއްސާ ކުރައްވާ!