ސަހުޔޫނީ އަރަބިންނާ ގުޅިގެން އީރާނާ ދެކޮޅަށް އިސްރާއީލުން ސަރަހައްދީ އާ އިއްތިހާދުތަކެއް އުފައްދަމުންދާ ކަމަށް ނަތަންޔާހޫ ބުނެފި

އީރާނާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި މެދުއިރުމަތީގައި ސަހުޔޫނީ ފިކުރުގެ އަރަބިންނާ ގުޅިގެން ސަލާމަތީ އާ އިއްތިހާދެއް އިސްރާއީލުން ސިއްރިއްޔާތުގައި ގާއިމުކުރަމުންދާ ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. މިއީ އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ ހަމަލަތަކަށް ރައްދި ދިނުމުގައި އީރާނުން ދެއްކި ކުޅަދާނަކަމާއެކު ކުރިމަތި ލުމަށް ނުކުޅެދިގެން، އަރަބިންގެ ތާއީދު ހޯދުމަށް އިސްރާއީލުން މިސްރާބު ޖަހާފައިވާ ކަމުގެ ނިޝާނެކެވެ.

އަންގާރަ ދުވަހު ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ނަތަންޔާހޫ ބުނީ، "އީރާނުގެ ނުރައްކަލާ" ކުރިމަތިލުމަށްޓަކައި "ސަރަހައްދުގެ މުހިންމު ގައުމުތަކާއެކު" އިސްރާއީލުން ގުޅުން ބަދަހިކުރަމުންދާ ކަމަށެވެ. ލަފާ ކުރެވޭ ގޮޮތުގައި އެއީ ޔޫއޭއީއާއި ކުވެއިތާއި ބަހުރައިނާއި ސައޫދީ އަރަބް ކަމަށް މުހައްލިލުން ބުނެއެވެ. އަދި މި އެއްބަސްވުންތަކުގެ ތަފުސީލުތައް ވަރަށް އަވަހަށް ހާމަވާނެ ކަމަށް ނަތަން އިޝާރާތް ކުރިއެވެ.

ނަތަންޔާހޫ މި މަސައްކަތްތައް ސިފަކުރީ، އީރާނާ ދެކޮޅަށް ހޯދި ކަމަށް އޭނާ ބުނާ އަސްކަރީ ކާމިޔާބީތަކަށް ފަހު އެކުލަވާލާފައިވާ ފުޅާ އިސްތިރާތީޖީގެ ބައެއްގެ ގޮތުގައެވެ.

އޭނާ ދައުވާކުރި ގޮތުގައި އިސްރާއީލުގެ އޮޕަރޭޝަންތަކުގެ ސަބަބުން ތެހެރާންގެ ނިއުކްލިއަރ އަދި މިސައިލް ގާބިލުކަން ނައްތާލެވި ބާރު ކަނޑުވާލެވި ދައުލަތް ވަނީ ރޫޅާލެވިފައެވެ! އަދި އީރާނުގެ ނިއުކްލިއަރ ހަތިޔާރުގެ "ވަގުތީ ނުރައްކާ" އިސްރާއީލުން ނައްތާލާފައިވާ ކަމަށާއި، ބެލިސްޓިކް މިސައިލް އުފެއްދުމުގެ ގާބިލުކަން ނައްތާލެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، އީރާނުގެ ނަތަން ބުނީ ސޮލީބީ ސަހުޔޫނީ ހަމަލަތަކުން އީރާންގެ ސަރަހައްދީ ނުފޫޒު ކުޑަ ކުރެވިއްޖެ ކަމަށެވެ. އަދި، ހިފާފައިވާ ފަލަސްޠީނުގެ އުތުރުގައި އިންދާފައިވާ ޔަހޫދީ ބަސްތީ ކިރިޔާތު ޝިމޯނާ ހިފާފައިވާ ހިޒްބުالله އަކީ މިހާރު އިސްރާއީލަށް އޮތް "ސްޓްރެޓީޖިކް ނުރައްކަލެއް ނޫން" ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އީރާނުގެ މިހާރުގެ މާދަމާ ނޫނީ އަނެއް ދުވަހުން ސަރުކާރު ވެއްޓޭނެ ކަމަށް ނަތަން ބުންޏެވެ. އޭގެ އިތުރުން ތެހެރާނަށް ސިޔާސީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ނަތަން ލަފާކުރިއެވެ.

އެމެރިކާގެ ސޮލީބީ ރައިސް ދާދި ފަހުން ދިން ތަގްރީރެއްގައި އޭނާގެ ފރގސ ފަރާތުގައި ސައޫދީ ވަލީއަހުދު ދލނކމށ ބުނުމާއި އަދި ކުވެއިތުގައި ފިރިހެނުންނަށްވާ ފިރިހެނުން ނެތް ކަމަށް ބުނި ނަމަވެސް މި ގައުމުތަކުން ޓްރަޕަށް ބިރުން އޭނާގެ އިބްރާހީމީ މުއާހަދާގައި ބައިވެރިވާނެ މުހައްލިލުން ލަފާ ކުރެއެވެ.

ޔޫއޭއީ ނަމަކަށް ކިޔާ ދައުލަތެއް އިނގިރޭސި ޑިޕްލޮމެޓަކު އުފަން ކޮށްދިނީ ކިހިނެއް؟

ހިއްސާ ކުރައްވާ!