ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ޓްރަމްޕަށް ދެއްވި ވަރުގަދަ ރައްދު

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ޓްރަމްޕަށް ދެއްވި ވަރުގަދަ ރައްދަކީ މިހާތަނަށް އިވިގެން ދިޔަ އެންމެ ވަރުގަދަ އެއް ބަޔާނެވެ.

ތަރުޖަމާން މާއޯ ނިންގް ވިދާޅުވީ:

"މިއަދު ދުނިޔޭގައި ހިނގަމުންދާ ކޮންމެ ކާރިސާއަކަށް ބެލިކަމުގައި ވިޔަސް، އޭގެ އަޑީގައި އެމެރިކާގެ ބައިވެރިވުން އޮންނާނެއެވެ.
އޭނާ (ޓްރަމްޕް) ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ގަލްފުގެ ގައުމުތަކުން ސަލާން ޖަހަމުން ފައިސާ ހޯއްދެވުމާއި އޭނާގެ ވިޔަފާރި ބައިވެރިންނަށް އެހީތެރިވުން ފިޔަވައި އިތުރު ކަމެއް ނުކުރައްވައެވެ.
ނަމަވެސް ދުވަސް ނިމޭއިރު، އެމެރިކާގެ މީޑިއާއިން އަޅުގަނޑުމެންނަށް އެމެރިކާ ސިފަކޮށްދެނީ އެއީ ވަރަށް ތަހުޒީބީ، ކުރިއަރާފައިވާ އަދި އިންސާނިއްޔަތަށް ލޯބިކުރާ ގައުމެއްގެ ގޮތުގައެވެ."

މި ވާހަކައަށް ރައްދު ދެމުން އެމެރިކާގެ ނޫސްވެރިޔާ ވިދާޅުވީ:

"އެއީ އެމެރިކާގެ ހަގީގަތެވެ. ހުރިހާ ދާއިރާއަކުން ވެސް އެމެރިކާއަކީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، މިއަދު ދުނިޔޭގައި ބޭނުން ކުރާ ރަސްމީ ފައިސާއަކީ އެމެރިކާ ޑޮލަރު ކަމުގައި ވުމެވެ."

އެމެރިކާގެ ނޫސްވެރިޔާގެ ވާހަކައަށް މާއޯ ނިންގް ވިދާޅުވީ:

"ތިޔައީ ހަގީގަތެއް ނޫނެވެ. ޑޮލަރު ދުނިޔޭގެ ރަސްމީ ފައިސާގެ ގޮތުގައި ފާއިތުވި 100 އަހަރު ދެމިއޮތީ އަޅުގަނޑުމެން މިވަގުތު ބަހުސްކުރަން ބޭނުންނުވާ އެހެން ސަބަބުތަކަކާ ހުރެއެވެ.
މިހާރު ތިޔަ ތުރުކުރައްވައިގެން ހުންނެވި އަންނައުނަށް ބައްލަވާށެވެ؛ އޭގައި ޖަހާފައި ވާނީ 'މޭޑް އިން ޗައިނާ' އެވެ.
ޓްރަމްޕް ގެންގުޅުއްވާ އަމިއްލަ ފޯނަކީ ޗައިނާގައި އުފައްދާފައިވާ އެއްޗެކެވެ.
މިއަދު ޓްރަމްޕް ފަރިއްކުޅުއްވާ މެންދުރުގެ ފަރިއްކޮޅަކީ އެފްރިކާގެ ބިމުން އުފައްދާފައިވާ ތަކެއްޗެވެ.
އަދި އޭނާ ދުއްވާ ކާރަށް އަޅާފައިވާ ޕެޓްރޯލަކީ އަރަބި ގަލްފުގެ ގައުމުތަކުން ގެނެސްފައިވާ ތެލެވެ.
ވީއިރު ތިޔަ ވިދާޅުވާ އެމެރިކާގެ ތަރައްގީއާއި ކުރިއެރުން އޮތީ ކޮންތާކު ތޯއެވެ؟
ތިޔަބޭފުޅުން، އެމެރިކާ މީހުންގެ ހާލަކީ، ބައްޕަ އަތުން ކޮންމެ ދުވަހަކު ލިބޭ ޖީބު ފައިސާއަށް ބަރޯސާވެގެން ހުންނަ ކުޑަކުއްޖެއްގެ މި ސާލެވެ. އެ ބައްޕަ މަރުވުމުން، އެ ކުއްޖާ މަގުމަތިވެ، ބިކަވެ، ވާލެއް ޔާރެއް ނެތް މީހަކަށް ވެގެންދާނެއެވެ."

ހިއްސާ ކުރައްވާ!