އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް، އެޓާނީ ޖެނެރަލްގެ މަގާމުން ޕޭމް ބޮންޑީ ވަކިކުރައްވައިފިކަން އިޢުލާން ކުރައްވައިފިއެވެ. މިއީ އެއް މަސްދުވަސް ނުވަނީސް ކެބިނެޓް ފެންވަރުގެ މަގާމަކަށް ގެންނެވި ދެވަނަ ބޮޑު ބަދަލެވެ.
މީޑިއާ ރިޕޯޓްތަކުން ބޮންޑީ އެ މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޓްރަމްޕް މި ނިންމެވުން ކަށަވަރުކޮށްދެއްވީ މިއަދު ބުރާސްފަތި ދުވަހު "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.






