އީރާނާ ދެކޮޅަށް ޓްރަމްޕް ކުރާ ސޮލީބީ ސަހުޔޫނީ ހަނގުރާމައަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އެމެރިކާގެ 100 އަށްވުރެ ގިނަ ގާނޫނީ މާހިރުން އިންޒާރު ދީފި އެވެ.
އެމެރިކާގެ ފުންނާބު އުސް ބައިނަލްއަގުވާމީ ގާނޫނީ މާހިރުންގެ 100 އަށްވުރެ ގިނަ ދަންނާނުން ސޮއިކޮށް ފޮނުއްވި ސިޓީއެއްގައި، ބުނެފައި ވަނީ، ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން "ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފް އަމަލުތައް ހިންގާ ފައިވާ ކަމަށާއި ބޮޑެތި ޖަރީމާތަކެއް ސާބިތުވާން ހުރިކަމުގެ ކަން ބޮޑުވުން އޮތް" ކަމަށް ބުނެފައެވެ.

"ޖަސްޓް ސެކިއުރިޓީ ފޯރަމް" އިން ޝާއިއުކޮށްފައިވާ، އަދި އިސް އެކަޑެމިކް މާހިރުންނާއި، ސަރުކާރުގެ ކުރީގެ ވަކީލުންނާއި، އަސްކަރީ ގާނޫނީ މާހިރުން ސޮއިކުރައްވާފައިވާ މި ސިޓީގައި ސޮލީބީ ސަހުޔޫނީ ހަނގުރާމާއާ މެދު ބުނެފައިވަނީ، "މި ހަނގުރާމަ ފެށުމަކީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި، އެ ހަނގުރާމައިގައި އެމެރިކާގެ ސިފައިން އަމަލުކުރަމުންދާ ގޮތާއި، ސަރުކާރުގެ އިސް އޮފިޝަލުން ދެއްވާ ބަޔާންތަކުގެ ސަބަބުން، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާ ޚިލާފުވުމުގެ ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި" ކަމަށެވެ.
އެމެރިކާގެ ވެރިން ކަމަށްވާ ޓްރަމްޕާއި އޭނާގެ ދިފާއީ ވަޒީރު ކާފަރު ކަލޭގެ ހެގްސެތުގެ ބަސްމަގާއި އަމަލުތަކުގައި ހަނގުރާމައިގެ ޖަރީމާތަކެއް ހިމެނިދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ގާނޫނީ މާހިރުން ވަނީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިން އާންމުންނަށް ލިބެމުންދާ ގެއްލުންތަކާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި، ސަރަހައްދީ ގޮތުން އިތުރުވަމުންދާ ނުރައްކާތަކަށް އަލިއަޅުވާލާފައެވެ.
މިއިން ސާބިތުވާ ކަމަކީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހަނގުރާމައިގެ ރަތްލާޖެހި މުޖުރިމެއް ކަމަށް ކަނޑައަޅާފައިވާ ނަތަންޔާހޫ އެމެރިކާގެ ސޮލީބީ ރައީސަށް ވަސްވާސްދީގެން ޅޮސް އުނދޯންޏަށް ލައި އޭނާ މުޖުރިމަކަށް ހައްދާފައިވާ ކަމެވެ.
ތަޖުރިބާކާރުން ބުނަނީ ގާނޫނީ ކަންބޮޑުވުންތަކަށްވުރެ ބޮޑަށް ފުރާނަ ދުއްވާލައި މީހުން މެރުމަށް ޓަކައި "މަރުގެ ނުރައްކާތެރިކަން" އިސްކޮށް އެމެރިކާގެ އޮފިޝަލުން ދައްކަވާ ވާހަކަތަކަކީ ގޮޅިއަށް މިވެރިން ފެތިދާނެ ފަދަ ވާހަކަތަކެއް ކަމަށެވެ.
"އަސްކަރީ ކުރިމަތިލުންތަކުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކަކީ 'މ،ޮޔަ' ކަމެއްގެ ގޮތުގައި ސިފަކޮށް، 'ގާނޫނީ ހަމަތަކަށްވުރެ' ބޮޑަށް 'މަރުގެ ނުރައްކާތެރިކަމަށް' އިސްކަންދީގެން ޓްރަމްޕާއި ހެގްސެތު ދެއްވާފައިވާ ބަޔާންތަކަކީ އިންތިހާއަށް ބިރުވެރި އަދި ނުރައްކާތެރި ވިސްނުމެއް،" ސާބިތުވާ ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.





