އެމެރިކާއިން އީރާންގެ ބްރިޖެއް ގޮއްވާލުމުން އީރާނުން ބަހުރައިން ބްރިޖު ގޮއްވާލާނެ ބާ؟

އީރާންގެ ހަނގުރާމައިގެ ފަލްސަފާއަކީ ބަލަށް ބަދަލު ހިފުމެވެ.

އީރާނުގެ ޝީރާޒްގައި ސޮލީބީ ސަހުޔޫނީން ގޮއްވާލި އަދި ސޮލީބީ ޓްރަމްޕް ފަޚުރުވެރިވި ޖަރީމާ ހިންގި މަތިންދާބޯޓުތައް ބޮން އަޅަން އައީ، ބަހުރައިން އިން ފުރައިގެންނެވެ.

އީރާނަށް ބަހުރައިންއާ ދެކޮޅަށް ބަދަލު ހިފިދާނެ ހެއްޔެވެ؟ އީރާނުން އަބަދުވެސް ބުނެފައި ވަނީ ސޮލީބީ ސަހުޔޫނީންނަށް ވާގިވެރި ވެއްޖެނަމަ އެ އަރަބި ގައުމަކާ ދެކޮޅަށް އީރާނުން ބަދަލު ހިފާނެ ކަމަށެވެ.

ބަހުރައިން އާ ސައުދީއާ ދެމެދު އަޅާފައިވާ ބްރިޖަކީ އާދައިގެ ބްރިޖެއް ނޫނެވެ. އެއީ ބަހުރައިން ދިރި ދެމިއޮތުމަށް ސައޫދީއާ ބަހުރައިން ގުޅުވައިދޭ ބްރިޖެވެ.

އީރާނުގެ އަސްކަރީ ފަންތިން ދަނީ ސައުދީއާއި ބަހުރައިން ގުޅުވާ މި ބްރިޖު ގޮއްވާލުމާ މެދު ވިސްނަމުންނެވެ.

ބަހުރައިންގެ އާލަ ޚަލީފާ އައުލާދުގެ ސަރުކާރަކީ،ީ ޔަހޫދީ ދައުލަތުގެ ޖާސޫސީ އިދާރާއަށް އެގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކުރި ގައުމެވެ.

 

ހިއްސާ ކުރައްވާ!