އީރާންގެ ޚަރްޖް ބީ1 ބްރިޖު ސޮލީބީން ގޮއްވާލައިފިއެވެ. އަރަބިން އެކަން ކުށްވެރިއެއް ނުކުރެއެވެ. އެ ހަމަލަ ދޭން މަތިންދާ ބޯޓުތައް އައިސްފައި ވަނީ އަރަބި ގައުމުތަކުގެ އެއާޕޯޓުތަކުން ފުރައިގެން އަރަބި ތެލުން ތެޔޮ އަޅައިގެން އަރަބި ގައުމުތަކުން ދެބަނޑަށް ކައިގެންނެވެ. އީރާނުން ވަނީ ދިފާއީ ގޮތުން ރައްދު ދިނުމަށް އަރަބިންގެ ބްރިޖުތަކުގެ ލިސްޓު ހާމަކޮށްފައެވެ. އީރާނުން ބުނެފައި ވަނީ ބްރިޖަކަށް ބްރިޖެކެވެ. އަދި ފަހަރެއްގައި އެއް ބްރިޖުގެ ބަދަލުގައި އެތައް ބުރިޖު ކަމަށްވެސް ވެދާނެ ކަމަށެވެ.
އިސްލާމީ ޖުމްހޫރިއްޔާ އީރާންގެ ނިއުސް އެޖެންސީން ވަނީ އަވަށްޓެރި ގައުމުތަކުގައި ހުރި އަށް ބުރިޖެއްގެ ނަން ހާމަކޮށްފައެވެ. އޭގެ ތެރޭގައިޅ:
ކުވެއިތުގެ ޝެއިޚް ޖާބިރު އަލްއަހުމަދު އައްސަބާހް ސީ ބްރިޖާއި،
ސައުދީ އަރަބިއްޔާ އާއި ބަހްރޭން ގުޅުވައިދޭ ކިންގް ފަހުދު ކޯޒްވޭ ބްރިޖާއި
ޔޫއޭއީގެ ދެ ބްރިޖެއްގެ އިތުރުން
ޖޯޑަންގެ ތިން ބްރިޖެއް ހިމެނެއެވެ.
1،000 މީޓަރުގެ ދިގުމިން ހުންނަ ބީ1 ބްރިޖަށް ދިން ސޮލީބީ ސަހުޔޫނީ ހަމަލާގައި ދެ މީހުން މަރުވެފައި ވެއެވެ. އަދި އެމެރިކާއިން ވަނީ އެތަން ސުންނާފަތިކޮށް އެކަމަށް އުފާކޮށް ފަޚުރުވެރި ވެފައެވެ.
މި ބްރިޖަކީ ތެހެރާނާއި އީރާނުގެ އުތުރުގެ ސަރަހައްދުތައް ގުޅުވައިދޭ މުހިންމު އިންފްރާސްޓްރަކްޗަރެކެވެ.
މި ހަމަލާއަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބްރިޖް ހަލާކުކޮށްލި މަންޒަރު ފެންނަ ވީޑިއޯއެއް އޮންލައިންކޮށް ހިއްސާކޮސް ހަނގުރާމަިއގެ ޖަރީމާއަށް ކްރެޑިޓް ނަގާފައި ވެއެވެ.
"ވަގުތު ފާއިތުވުމުގެ ކުރިން އެއްބަސްވުމަކަށް އައުމަށް" އީރާނަށް އިންޒާރު ދޭ ކަމަށްވެސް ބުނެފައި ވެއެވެ.





