ޗައިނާއިން އިސްރާއީލަށް ދުވަހަކުވެސް ނުދޭފަދަ ވަރުގަދަ އިންޒާރެއް ދީފިއެވެ. ޗައިނާއިން ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ ދުރުހެލިވުމަށް އިސްރާއީލަށް އިންޒާރު ކޮށްފައެވެ. އަދި އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެއީ ޔަހޫދީ ދައުލަތުގެ ނިމުންކަމަށް ބުނެ ޗައިނާއިން ވަނީ އިންޒާރު ދީފައެވެ.
ޗައިނާއިން ބުނަނީ އިސްވެ ފުރަތަމައަށް ހަމަލާދޭ ބަޔަކަށް ޗައިނާ ނުވާނެ ކަމަށެވެ. އަދި ޗައިނާއިން ދެވަނަ ހަމަލާއަކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.
ޗައިނާއިން ބުނަނީ ނިއުކްލިއާ އަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެފަދަ ހަތިޔާރެއް ޔަހޫދީން އީރާނާ ދެކޮޅަށް ބޭނުންކޮށްފިނަމަ ހަމަ އެފަދަ ގޮތަކަށް އިސްރާއީލަށް ވެސް އޭގެ ރައްދު ދޭނެ ކަމަށެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ދެއްވި ރަސްމީ ބަޔާނެއްގައި، ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ފަދަ އެއްވެސް އަމަލަކާ މެދު އިސްރާއީލު ވިސްނައި އެފަދަ ކަމެއް ހިތަށްވެސް ގެނަސްގެން ނުވާނެ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ނިއުކްލިއާ ހަމަލާއެއް ދީފިނަމަ ދެވަނަ ހަމަލައެއް ދިނުމަށް ފުރުސަތު ލިބޭ ގޮތަށް އިސްރާއީލެއް ނޯންނާނެ ކަމަށެވެ.
ޗައިނާގެ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއަކީ އިސްވެ ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރުމުގެ އުސޫލު ގެންގުޅޭ ގައުމެކެވެ. ނަމަވެސް، ޗައިނާއަށް ނުވަތަ ޗައިނާގެ ބައިވެރިންނަށް އެފަދަ ހަމަލާއެއް އަތުވެއްޖެނަމަ، އަމިއްލަ ދިފާއުގައި ޗައިނާއިން ހަރުކަށި ފިޔަވަޅު އަޅާނެ އެވެ. އަދި ކޮންމެ ނިއުކްލިއާ ހަމަލާއަކަށްވެސް އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ވަރުގަދަ ރައްދެއް ދީ އިސްވެ ހަމަލަ ދިން ފަރާތް ނުތެެދުވެވޭ ވަރުކޮށްލާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ: އިސްރާއީލުން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފިނަމަ، އިސްރާއީލު ނެތިގެން ދާނެއެވެ. "ފުރަތަމަ ހަމަލާދޭ ބަޔަކަށް އަހަރެމެން ނުވާނަން، އެކަމަކު ދެވަނަ ހަމަލާއަކަށް ފުރުސަތެއް ނުދޭނަން." ކަމަށެވެ.
ބައިނަލްއަގުވާމީ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، ބައެއް ގައުމުތަކުގެ ނިއުކްލިއާ އަމަލުތަކުން ދުނިޔޭގެ ސުލްހައާއި އަމާންކަމަށް ނުރައްކާ ވަމުން ދެއެވެ. އަދި ދުނިޔޭގެ މަސްރަހު ގޯސްވިޔަ ނުދިނުމަށްޓަކައި ކެތްތެރިކަން އިސްކޮށް، ޑިޕްލޮމެޓިކް މަގު އިޚްތިޔާރު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާ ކަމަށް ވިދާޅުވިއެވެ.
*************
﴿4﴾ وَقَضَيْنَا إِلَىٰ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا
އަދި ތިމަންރަސްކަލާނގެ، އިސްރާއީލުގެދަރިންނަށް، ފޮތުގައި (އެބަހީ: ތައުރާތުގައި) ކަނޑައަޅުއްވައި އެންގެވީމެވެ.
ހަމަކަށަވަރުން، ތިޔަބައިމީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ.
﴿5﴾ فَإِذَا جَاءَ وَعْدُ أُولَاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَا أُولِي بَأْسٍ شَدِيدٍ فَجَاسُوا خِلَالَ الدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا
ފަހެ، އެ ދެފަހަރުންކުރެ ފުރަތަމަ ފަހަރުގެ ވަޢުދުފުޅު އައިހިނދު، ގަދަފަދަވެގެންވާ ބާރެއްގެވެރި އަޅުންތަކެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ.
ފަހެ، އެއުރެން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެޔަށް ވަދެގެންދިޔައޫއެވެ. އަދި ފުރިހަމަވެގެންވާ ވަޢުދުފުޅެއްކަމުގައި، އެ ވަޢުދުފުޅު ވިއެވެ.






