ސޮލީބީ ސަހުޔޫނީ ހަމަލަތައް އީރާނުގެ ބޭހާއި ވެކްސިން އުފައްދާ މަރުކަޒުތަކަށް 

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ސޮލީބ ސަހުޔޫނީީ ހަމަލާތަކުގައި އީރާންގެ ސިއްހީ މަރުކަޒުތަކަށާއި ބޭސް އުފައްދާ ކާރުޚާނާތަކަށާއި ކެންސާ ރިސާޗް ސެންޓަރުތަކަށް އަމާޒުކޮށް ހަނގުރާމަމއިގެ ޖަރީމާތައް ހިންގަމުން ގެންދެއެވެ. ސޮލީބީ ސަހުޔޫނީ ހަމަލާތަކާ ގުޅިގެން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ބައިނަލްއަގުވާމީ ސިއްހީ ޖަމިއްޔާތަކުން މިކަމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ، އަދި މުޅި މެދުއިރުމަތީގައިވެސް ހުރި އެންމެ ދުވަސްވީ ސިއްހީ ރިސާޗު މަރުކަޒު ކަމަށްވާ ޕާސްޗާ އިންސްޓިޓިއުޓަށް ބުރާސްފަތި ދުވަހު ސޮލީބީ ސަހުޔޫނީން ވަނީ ހަމަލާދީފައެވެ. 1920 ވަނަ އަހަރު ގާއިމުކުރި މި މަރުކަޒަކީ އީރާނުގެ ގައުމީ ވެކްސިން ޕްރޮގްރާމަށް ބޭނުންވާ ވެކްސިންތައް އުފައްދައި، ތަފާތު ބަލިތަކަށް ޑައިގްނޯސްޓިކް ޚިދުމަތް ދޭ މުހިންމު ތަނެކެވެ.

އޮރިޔާން ފިލްމު ކުޅުނު ޑެނިއެލް ސްޓޯމީ ރޭޕް ކުރިކަމަށް ނިއުޔޯކުގައި ޝަރިއަތް ކުރި އެމެރިކާގެ ރައީސް ޓްރަމްޕާ ޚިލާފަށް އީރާންގެ ރައީސަކީ ހިތުގެ ސްޕެޝަލިސްޓް ޑޮކްޓަރެކެވެ. އެކްސްގައި ރައީސް ޕެޒެޝްކިއަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ހޮސްޕިޓަލްތަކަށާއި، ބޭސް އުފައްދާ ކުންފުނިތަކަށާއި، ޕާސްޗާ އިންސްޓިޓިއުޓް ފަދަ މެޑިކަލް ރިސާޗް ސެންޓަރަކަށް ހަމަލާދީ ދޭން އުޅެނީ ކޮން މެސެޖެއް ހެއްޔެވެ؟" ޕަޒަކްޝިއަން ވަނީ މިއީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ރެޑް ކްރޮސް ފަދަ ޖަމިއްޔާތަކުން މިކަމަށް ރައްދު ދިނުމަށް އެދިވަޑައިގެންފައެވެ.

ސޮލީބީ ސަހުޔޫނީން ދެމުންދާ ހަމަލާތަކުގައި ޕާސްޗާ އިންސްޓިޓިއުޓްގެ އިތުރުން ކެންސަރަށް ބޭސް އުފައްދާ ތައުފީގު ދާރޫ ރިސާޗް އެންޑް އިންޖިނިއަރިން ކުންފުންޏަށާއި، ދެލާރާމް ސިނާ ސައިކިއޭޓްރިކް ހޮސްޕިޓަލަށާއި، އަލީ ހޮސްޕިޓަލް އަދި ގާންދީ ހޮސްޕިޓަލަށް ވެސް ވަނީ ބޮން އަޅާފައެވެ. މިތަންތަނަށް ހަމަލަ ދެނީ ގަސްތުގައެވެ. މީގެ އިތުރުން އީރާނުގެ ރެޑް ކްރެސެންޓްގެ ގުދަނަށް ވެސް ބޮން އަޅައި ބޭހާއި ވެކްސިންތައް ހަލާކުކޮށްފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، ސޮލީބީ ހަމަލާތަކުގެ ސަބަބުން ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ސިއްހީ މަސައްކަތްތެރިންނާއި ބަލިމީހުންގެ ސަލާމަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި ޔަހޫދީން ދެމުންދާ މި ހަމަލާތަކުގައި މިހާތަނަށް 2,076 މީހުން މަރުވެ، 26,500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ހިއްސާ ކުރައްވާ!