ކުދިކުދި އަރަބިން އީރާނަށް ބިރު ދައްކަން އުޅުމުން ބޮޑެތި ގައުމުތަކުން އެމީހުންނަށް ވިސްނައިދީފި!

އެއޮތް ބޮޑު ބިޔަ ބާރުގަދަ އީރާނާ ދެކޮޅަށް ކުދިކުދި އަރަބިން ހަނގުރާމަ ކޮށްގެން ހުރުމުޒު ކަނޑު އޮޅި ހޯދުމަށް ގެންގުޅުނު ރޭވުން ސަލާމަތީ މަޖިލީހުގައި 3 ގައުމަކުން ފަންފުލުން ދުއްވާލައިފިއެވެ. އަރަބިންގެ ރޭވުންތައް ނާކާމިޔާބު ކޮށްލީ ޗައިނާއާއި ރަޝިޔާއާއި ފްރާންސުން ބައިވެރިވެގެންނެވެ.

މިގައުމުތަކަކީ ސޮލީބީ ސަހުޔޫނީ ހަމަލަތައް އީރާނާ ދެކޮލަށް ދިނުމަށް އެގައުމުތަކުގެ އެއްގަމާއި ވައިގެ ސަރަހައްދު ދީގެން އުޅޭ ގައުމުތަކެވެ.

ނިއުޔޯކް ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި، ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އީރާނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކޮށްގެން ބައިނަލްއަގުވާމީ ތާއީދު ހޯދުމަށް އަރަބި ގައުމުތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ރޭވުމާ ދެކޮޅަށް ވީޓޯގެ ބާރު ވަނީ ބޭނުން ކޮށްފައެވެ.

އަރަބިންގެ ރޭވުމާ ގުޅިގެން ރަޝިއާ، ޗައިނާ އަދި ފްރާންސުން ދީފައިވާ ރަސްމީ އަދި ހަރުކަށި ޖަވާބަކީ،

"ބާރުގެ ބޭނުންކުރުމަށް ހުއްދަދޭ އެއްވެސް އުސޫލަކާ އުސޫލީ ގޮތުން ދެކޮޅު ހަދާ" ކަމަށެވެ.

އީރާނަކީ އެގައުމުން ދައްކާފައިވާ ބާރާއި ސާބިތު ކަމާއެކު ދުނިޔޭގައި އިހުތިރާމް ލިބިފައިވާ ގައުމެކެވެ. އަދި ކުރިން އީރާނާ ދެކޮޅަށް ދެކެމުން ދުނިޔެ އައި ގޮތް މ،ިހާރު ވަނީ ބަދަލުވެފައެވެ.

ހިއްސާ ކުރައްވާ!