ނަތަންޔާހޫއަށް ފަސޭހައިން ވަސްވާސް ދެވުނީ ޓްރަމްޕަށް: ވައިޓްހައުސްގެ ކުރީގެ ޗީފް އޮފް ސްޓާފް

ވައިޓް ހައުސްގެ ކުރީގެ ޗީފް އޮފް ސްޓާފް ރާމް އިމަނުއަލް ހާމަކުރެއްވި ގޮތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަން، ބަރަކް އޮބާމާ، ޖޯޖް ބުޝް އަދި ޖޯ ބައިޑަން ފަދަ ކޮންމެ ރައީސެއްގެ އަރިހުން އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ފިޔަވަޅެއް އެޅުމަށް އެދި ވަސްވާސްދީ ހަދާފައެވެ.

ރާމް އިމަނުއަލް ވިދާޅުވި ގޮތުގައި، އެމެރިކާގެ ކޮންމެ ރައީސަކުވެސް ނަތަންޔާހޫގެ މި އެދުމާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރުމުން ކުރިމަތިވެދާނެ ނުރައްކާތަކަށް ބައްލަވައެވެ. އަދި އެކަމަކީ އެމެރިކާގެ ގައުމީ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް ކޮންމެ ބޭފުޅަކުވެސް ނިންމަވައެވެ.

އެ ހުރިހާ ރައީސުންވެސް ހާލަތު ދިރާސާކުރެއްވުމަށްފަހު ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. އެހެންކަމުން، އިސްރާއީލުން ބޭނުންވާ ގޮތަށް ކަންތައް ނުވުމުން އެކަމުގެ ޒިންމާ އެމެރިކާގެ ރައީސްގެ ބޮލުގައި އެޅުވުމަކީ ރައީސްގެ ދުސްތޫރީ މަސްއޫލިއްޔަތާ ފުށުއަރާ ކަމެކެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ނިޒާމު އޮންނަ ގޮތުން ރައީސަކު އިންތިޚާބުވުމުން، އިންޖީލުގައި އަތްލައި ހުވާކޮށް، ކޮމާންޑަރ އިން ޗީފްގެ މަގާމާ ހަވާލުވެވަޑައިގަންނަވައެވެ. ސިފައިންގެ ފުރާނައާ މެދު ގޮތް ނިންމަވަނީ ވެސް ރައީސެވެ.

މިހާރުވެސް ހަތް މަހުގެ އެއްމާބަނޑު ދެ ކުދިން ތިބި ބަފައަކު ވަނީ މަރުވެފައެވެ. އެ ކުދިންނަށް ދުވަހަކުވެސް އެކުދިންގެ ބައްޕައެއް ނުފެންނާނެއެވެ. އަދި އެގޭގައި ހުސް ގޮނޑިއެއް އަބަދުވެސް ހުސްކޮށް ހުންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ރާމް އިމަނުއަލް ވިދާޅުވީ ހަނގުރާމައަކީ ރައީސް ނިންމަވާ ނިންމެވުމެއް ކަމަށާއި، އެހެން މީހެއްގެ ބޮލުގައި އެކަމުގެ އިލްޒާމު އެޅުވުމަކީ މާނައެއް ނެތް ކަމެކެވެ.

ޓްރަމްޕަކީ އެޕްސްޓީން ފައިލްތަކުގައި ނަން ހިމެނިފައިވާ އަދި ޅަ އަންހެން ކުދިންނާ ގުޅިެގެން މީޑިއާގައި ފޮޓޯއާއި ވީޑިއޯ ޝާއިއުކޮށްފައިޥާ ފަރާތެކެވެ. މުހައްލިލުން ދެކޭ ގޮތުގައި ފަސްބައިުގެ ކިލަނބުކަމާއެކު ޓްރަމްޕަކީ ފަސޭހަިއން ބްލެކްމެއިލް ކުރެވޭ ފަރާތެއް ކަމުން ނަތަންޔާހޫ އެފުރުސަތުގެ ބޭނުން ހިފައިގެން ޓްރަމްޕް ޅޮސް އުނދޯންޏަށް ލީއެވެ.

ހިއްސާ ކުރައްވާ!