އެމެރިކާގެ ކާފަރު ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި އަންހެން ބޭފުޅުންނާއި ކަޅު ނަސްލުގެ އޮފިސަރުންގެ މަގާމުގެ ކުރިއެރުންތައް ހުއްޓުވާފައިވާތީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕީޓް ހެގްސެތު ވަނީ ނަސްލީ ގޮތުންނާއި، ޖިންސީ ގޮތުން ނުވަތަ ބައިޑަންގެ ސަރުކާރާ އޮތް ގުޅުމަށް ބަލައި ބައެއް އޮފިސަރުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައެވެ. މިގޮތުން ޖެނެރަލް ނުވަތަ އެޑްމިރަލް ފަދަ މަތީ ފަންތީގެ މަގާމުތަކަށް އެ ބޭފުޅުން އައްޔަންކުރުން ހުއްޓުވާފައިވެއެވެ، އަދި ބައެއް ހާލަތްތަކުގައި މަޖުބޫރު ވާހިނދު އެކަން ލަސްކޮށްފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، މަގާމުން ވަކިކޮށްފައިވާ ޗީފް އޮފް ސްޓާފް ޖެނެރަލް ރެންޑީ ވަނީ އޭނާ ވަކިކުރުމުގެ ކުރިން މިކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ހެގްސެތުއާ ބައްދަލުކުރުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އަންހެން އަދި ކަޅު ނަސްލުގެ އޮފިސަރުންގެ ކުރިއެރުން ހުއްޓުވާ މައްސަލައިގައި ވާހަކަދެއްކުމަށް ދެންނެވުމުން ޑިފެންސް ސެކްރެޓަރީ ހެގްސެތު ވަނީ އެ ފަދަ ވާހަކައެއް އޭނާއާ އެކު މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެ ރެންޑީ އޮފީހުން ބޭރަށް ލާފައެވެ.
އިތުރު އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެމެރިކާގެ ސިފައިންގެ އެއްވެސް ގޮތްޕެއް ޕީޓް ހެގްސެތުގެ މިފަދަ ނުފޫޒުތަކުން ސަލާމަތްވެފައެއް ނުވެއެވެ.
މިއީ ސިފައިންގެ ތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމެއްގެ ގޮތުގައި ސިަފއިންގެ އިސް އޮފިސަރުން ވަނީ ފާހަގަކޮށްފައެވެ.







