އެމެރިކާއިން އީރާނަށް ދެމުންދާ އިންޒާރުތަކާއި މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެ ކަމަށް ބުނުމަކީ، އެމެރިކާއިން އަމިއްލައަށް ހަނގުރާމައިގެ ކުށްތަކަށް އަރައި ގަންނަނީކަން އިޢުލާން ކުރުން ކަމަށް ޔުނިވަރސިޓީ އޮފް އެމްސްޓަޑަމްގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް އިންޓަނޭޝަނަލް ކްރިމިނަލް ލޯ، މާރީކާ ޑި ހޫން ވިދާޅުވެއްޖެއެވެ.
ޑި ހޫން ވިދާޅުވީ، ގަސްދުގައި މަދަނީ އަމާޒުތަކަށް ހަމަލާދޭނަމަ، އެއީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ކަމަށް ބުނެ ދިފާއު ވެވޭނެ ގޮތެއް ނޯންނާނެ އެވެ. އަދި އެމެރިކާއާއި އިޒްރޭލުން ބޭނުންކުރަމުންދާ ބަަސްމަގަށް ބަލާއިރު، މުޅި ގައުމެއް ނައްތާލާނެ ކަމަށް އިންޒާރު ދިނުމާއި އީރާން "ހޮހަޅައިގެ ޒަމާނަށް" ފޮނުވާލާނެ ކަމަށް ބުނުމަކީ ސީދާ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެމީހުން އެ ގެންދަނީ ހަނގުރާމައިގެ ކުށްތަކަށް އަރައި ގަންނާނެ ކަމަށް ފާޅުގައި އިޢުލާން ކުރަމުން،" ޑި ހޫން ވިދާޅުވިއެވެ. މީގެ އިތުރުން އެމެރިކާއިން ގެންގުޅޭ އަމާންދޭން ބޭނުންވާ މީހުންނަށްވެސް ފުރުސަތު ނުދީ މަރާލާނެ ކަމަށް ބުނާ އުސޫލަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެއްކަން އޭނާ ބަޔާންކުރެއްވިއެވެ.




