އީރާނުގެ މުޅި ތަހުޒީބެއް މިރޭ ނެތިގެންދާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަކީ ހަނގުރާމައިގެ ކުށްތަކުގެ ޝަރީއަތެއް ކުރާއިރު އެންމެ މުހިންމު އެއް ހެއްކަށް ވެގެންދާނެ ކަމަށް އެމެރިކާގެ ގާނޫނީ އިލްމުވެރިއަކު ވިދާޅުވެއްޖެއެވެ.
ޔޭލް ޔުނިވަރސިޓީގެ ޕްރޮފެސަރު އަދި ގާނޫނީ މާހިރު އޫނާ ހެތަވޭ ވިދާޅުވީ، ޓްރަމްޕްގެ ޓްރުތް ސޯޝަލް ޕޯސްޓުގައި ދެއްވާފައިވާ ޓެރަރިސްޓްއ އިންޒާރުތައް އަމަލީ ގޮތުން ތަންފީޒުކޮށްފި ނަމަ، އެ ޕޯސްޓް ވެގެންދާނީ ހަނގުރާމައިގެ ކުށްތަކުގެ ޝަރީއަތްތަކުގައި ބޭނުންކުރެވޭނެ "އެގްޒިބިޓް އޭ" ނުވަތަ އެންމެ އިސް ހެއްކަށް ކަމަށެވެ.
ހެތަވޭ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި، ގާނޫނާ ޚިލާފު އަމުރުތަކަށް ތަބާވާ ފަރާތްތަކަކީ މިފަދަ މައްސަލަތަކުގައި ޒިންމާދާރުކުރުވުމުގެ ފުރުސަތު އެންމެ ބޮޑު ފަރާތްތަކެވެ. "ހިތާމައަކީ، ސާފުކޮށް ގާނޫނާ ހިލާފު އަމުރުތަކަށް ތަބާވާ މީހުންނަކީ އެކަމުގެ ޒިންމާ އުފުލަން ޖެހުމުގެ ފުރުސަތު އެންމެ ބޮޑު މީހުން ކަމަށް ވުން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ ކުށްތަކުގެ ޝަރީއަތްތަކަކީ ވަގުތުން ހިނގާނެ ކަންކަމަށް ނުވެދާނެއެވެ. ނަމަވެސް ހަނގުރާމައިގެ ކުށްތަކަށް އަދަބު ދިނުމުގައި ވަކި މުއްދަތެއް ނޯންނަ ކަމަށާއި، ޒިންމާދާރުކުރުވުމުގެ މަސައްކަތަށް ބައެއް ފަހަރު އެތައް އަހަރެއް ނަގާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފަހަރުގައި 3 އަހަރު ނުވަތަ 5 އަހަރު ނުވަތަ 10 އަހަރު ތެރޭގައި މިކަން ނުވެދާނެ، އެކަމަކު ކޮންމެވެސް ދުވަހަކުން މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ،" ހެތަވޭ ވިދާޅުވިއެވެ.
އީރާނުން ފޮނުވާ މިސައިލްތަކުގައި ހިތްޕާފަ ހުންނަ ސްޓިކާއެއް:







