އެމެރިކާ އާއި އިސްރާއީލުގެ ސޮލީބީ ސަހުޔޫނީ އަސްކަރީ ކޯލިޝަނަކުން އިސްލާމީ ޖުމްހޫރިއްޔާ އާ ދެކޮޅަށް ކުރިއަށް ގެންދިޔަ އުދުވާނީ ހަނގުރާމައަށް 40 ދުވަސް ފަހުން، އެމެރިކާގެ ގިނަ ރައްޔިތުން ބޭނުންވަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި އެހެނިހެން ޔަހޫދީންނަށް ފައިދާވާ ތާކުންތާކު ނުޖެހޭ ސިޔާސަތުތަކާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލު ކުރުމަށް ކޮންގްރެސްއަށް ހުށަހެޅުމަށް ކަން އާ ސާވޭއަކުން ދައްކައެވެ.
ބުދަ ދުވަހު ޝާއިއުކުރި ސާވޭއާ ހަވާލާދީ ނިއުސްވީކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ވޯޓުލާ މީހުންގެ 52 އިންސައްތަ މީހުން ޓްރަމްޕް މަގާމުން އަޒުލު ކުރުމަށް ތާއީދުކުރެއެވެ. އަދި، އެކަމާ ދެކޮޅު ހަދަނީ 40 އިންސައްތަ މީހުންނެވެ.
މި އަދަދުތައް މިގޮތަށް ތިލަވެފައި މިވަނީ، ޓްރަމްޕްގެ ސޮލީބީ ބޮޑު ނާކާމިޔާބީގެ ގޮތުގައި ސިފަކުރާ ހަނގުރާމައާ ގުޅިގެން ކޮންގްރެސްގައި އޭނާއަށް އޮތް ތާއީދު ކުޑަވަމުންދާ ދަނޑިވަޅެއްގައެވެ.
ޚަރަދު ބޮޑު އަދި ޣައިރު ގާނޫނީ މި އޮޕަރޭޝަނަށް މިހާތަނަށް އެތައް ބިލިއަން ޑޮލަރެއް ހޭދަވެފައިވެއެވެ.
ޖުމްލަ 790 މީހުން ބައިވެރިވި މި ސާވޭއަކީ ޓްރަމްޕްގެ އީރާން ހަނގުރާމައާއި އެހެނިހެން ސިޔާސަތުތަކާ ދެކޮޅު ދެ ޖަމާއަތެއް ކަމަށްވާ "އިމްޕީޗް ޓްރަމްޕް އެގެއިން" އަދި "ފްރީ ސްޕީޗް ފޯ ޕީޕަލް" އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސާވޭއެކެވެ.
މި ހޯދުންތަކުން ދައްކާ ގޮތުގައި ރިޕަބްލިކަން ޕާޓީގެ ކޮންމެ ހަތް މީހަކުން އެކަކު ވެސް ޓްރަމްޕް މަގާމުން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ތާއީދުކުރެއެވެ.







