ޓްރަމްޕް ފެށި ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓާނުލެވިގެން، ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ބޭރުގެ އެކި ލީޑަރުންގެ އެހީތެރިކަމަށް އާދޭސްކުރެއްވި ކަމަށް ވޮޝިންޓަނުގެ ސިޔާސީ މަސްދަރަކާ ހަވާލާދީ ރިޕޯޓުތައް ބުނަން ފަށައިފިއެވެ. އެމެރިކާގެ ސިޔާސީ ޚަބަރުތައް ގެނެސްދޭ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މި ރިޕޯޓުތަކުގައިވާ ގޮތުން، ޓްރަމްޕް ވަނީ ޑިޕްލޮމެޓިކް ހައްލެއް ހޯއްދެވުމަށް އާދޭސްކުރައްވައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ.
އެލާޓްނެޓްގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، އީރާނުގެ މައްސަލައިގައި ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވުމަށްޓަކައި ޓްރަމްޕް ވަނީ "ކުއްތާއެއް ފަދައިން" ބޭރުގެ ލީޑަރުންގެ ކިބައިން އެހީތެރިކަމަށް އެދިވަޑައިގެން އާދޭސް ދަންނަވާފައެވެ. ނަމަވެސް، ޓްރަމްޕް ގުޅުއްވި ކަމަށް ބުނާ އެއްވެސް ލީޑަރެއްގެ ނަމެއް ހާމަނުކޮށް އެނަންތައް ސިއްރުކޮށްފައި ވެއެވެ. މި ވާހަކަތަކާ ގުޅިގެން ވައިޓް ހައުސްއިން އަދި އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
އެމެރިކާގެ އަގު ބައިނަލްއަގްވާމީ މައިދާނުގައި ވެއްޓިފައި ވުމާއެކު އާންމު ރައްޔިތުންނާއި ސިޔާސީ ލީޑަރުން މިހާރު ބޭނުން ވަނީ ޓްރަމްޕް ކިބައިން ސަލާމަތްވާށެވެ!
އޭނާއަކީ ބަސްމަގު ހުތުރުވެފައި އަދަބެއް ސަދަބެއް ނެތް މީހެއްކަން ކޮންމެ ދުވަހަކުވެސް އޭނާ ސާބިތުކޮށް ދެއެވެ.
އީރާނުގެ މީޑިއާއިން ބުނަނީ އީރާނަށް އަދިވެސް ރަނގަޅީ ޓްރަމްޕް މަގާމުގައި ހުރުމުން ކަމަށެވެ. އަދި އީރާނަށް އެމެރިކާއާ ދެކޮޅަށް މިހާރު ލިބެމުން މިދާ ކާމިޔާބީ ލިބެމުން ދަނީ ޓްރަމްޕްގެ މޮޔަކަމާ ހެދި ކަމަށް އީރާނުން ބުނެއެވެ.






