ޔަހުދީންގެ ނުލަފާ ކަމާ ހެދި ދެކުނު ކޮރެއާގެ ރައީސް އަންތަރީސް ވެއްޖެ

ދެކުނު ކޮރެއާގެ ރައީސް އެކްސްގައި ކުރެއްވ ޓުއީޓް:
https://x.com/Jaemyung_Lee/status/2042388873570107631

ޔަހޫދީ ޖެނޮސައިޑް ސިފައިން ފަލަސްތީނުގެ ރައްޔިތެއްގެ ހަށިގަނޑު އިމާރާތެއްގެ މަތިން އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް އެކްސްގައި ހިއްސާ ކުރައްވައި އެއާ ގުޅިގެން، ދެކުނު ކޮރެއާގެ ރައީސް ލީ ޖައި މިޔޮންގް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މި ވީޑިއޯ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ ހާލަތެއްގައި ވެސް އިންސާނީ ގާނޫނުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.

މި ވީޑިއޯއަކީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގާފައިވާ ހާދިސާއެއްގެ ވީޑިއޯއެކެވެ.
ރައީސް ލީ ވިދާޅުވި ގޮތުގައި މިފަދަ ޖަރީމާތަކަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި، މިފަދަ ހާދިސާތަކަކީ އިންސާނީ ކަރާމާތަށް އަރައިގަތުން ކަމަށެވެ.
އަދި މިކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ލީގެ ބަޔާނުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް ތަބާވުމަކީ އެއްވެސް އުޒުރެއް ނެތި ކުރަންޖެހޭނެ ކަމެކެވެ.

"ކޮންމެ ހާލަތެއްގައި ވެސް އިންސާނީ ކަރާމާތް ހިމާޔަތްކުރުމަކީ އެންމެ މަތީ އަގުވަޒަންކުރަންޖެހޭ ކަންތައް،" ރައީސް ލީ ވިދާޅުވިއެވެ.
އަދި މާޒީގައި ހިނގާފައިވާ ހިތްދަތި ހާދިސާތަކުން އިބުރަތް ހާސިލްކޮށް، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ގޮވާލެއްވިއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސްއިން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެފައިވަނީ މިއީ ވަރަށް ހުތުރު އަދި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.

އިސްރާއީލުން މިކަމާ ގުޅިގެން ތަހުގީގެއް ހިންގާފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ދެކުނު ކޮރެއާގެ ރައީސް ވަނީ މިފަދަ އަމަލުތައް ތަކުރާރުވުމަކީ އިންސާނިއްޔަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ލީ ވިދާޅުވީ، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އަދި ކޮންމެ ތަނެއްގައި ހިނގި ކަމެއް ނަމަވެސް، އިންސާނީ ހައްގުތަކަކީ ދޫކޮށްލެވޭނެ ނުވަތަ ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އިންސާނިއްޔަތަށް އޮތް ހަމައެކަނި މަގަކީ އެކަކު އަނެކަކަށް އިހުތިރާމްކޮށް، ސުލްހަވެރިކަމާއެކު އުޅުން ކަމަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!