ހުރުމުޒު ކަނޑުއޮޅިއާ މެދު އުފެދިފައިވާ ދެބަސްވުންތައް ބޮޑުވެ، މަޝްވަރާތަކަށް ހުރަސް އެޅެނީ

ހުރުމުޒު ކަނޑުއޮޅިއާ މެދު އުފެދިފައިވާ ދެބަސްވުންތައް ބޮޑުވެ، މަޝްވަރާތަކަށް ހުރަސް އެޅެ އެވެ. މި ރޭ މިހާރު ކުރިއަށްދާ ވާހަކަތަކުގައި ދެ ފަރާތަތަށް އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޮނިގަނޑަކަށް އެއްބަސްވެވިއްޖެނަމަ އިތުރު މަޝްވަރާތަކަށް މަގުފަހިވާނެއެވެ.

މިހާރު  ދިމާވެގެން އުޅޭ ކަމަކީ އީރާނުން ލިބޭ ޚަބަރުތައް ބުނާ ގޮތުން ހުރުމުޒު ކަނޑުއޮޅިއާ ގުޅޭގޮތުން ދެ ފަރާތަށް އެއްބަސް ނުވެވުމެވެ.

މި ދެބަސްވުން ސީރިއަސް ކަމަށާއި މިއިން މަޝްވަރާތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ ފައިވާ ކަމަށް ވެއެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ފަރާތުން އެއްބަސްވާ އޮނިގަނޑެއް އެކުލަވައިލުމަށްޓަކައި ލިޔެކިޔުންތައް ބަދަލުކުރުމުގެ މަރުހަލާއަށް ދަތުރުކޮށްފައި ވަނިކޮށް، އެމެރިކާގެ ވަފުދުން ހުށަހަޅާ ބޮޑެތި ދެކޮޅު ނުޖެހޭ އަދި ނުބައްދަލު ޑިމާންޑްތަކުގެ ސަބަބުން މި މަރުހަލާ ދަނީ ވަޅު ޖެހުމަކާ ދިމާއަށެވެ.

އޭގެ އިތުރުން އީރާން ވަފްދަށް އެމެރިކާއިން ޓެރަރިސްޓް ހަމަލަ ދޭނެ ކަމަށް ބިރު ދައްކަމުންވެސް ދެއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ އެމެރިކާގެ ސިޔާސީ އަދި މީޑިއާ ދާއިރާގެ ބައެއް ފަރާތްތަކުން ގެންގުޅޭ ޓެރަރިސްޓް ވިސްނުންތަކަށް ފާޑުވިދާޅުވެފައެވެ.

ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ހާލަތެއްގައި އީރާނުގެ ވަފްދު އަވަހާރަކޮށްލުމަށް އެމެރިކާގެ ބައެއް ފަރާތްތަކުން ފާޅުގައި ދަނީ ގޮވާލަމުންނެވެ.

"މަޝްވަރާކުރާ ފަރާތްތައް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީގެން ބިރުދެއްކުމަކީ ސިޔާސީ މަޝްވަރާގެ އުސޫލެއްތޯ؟" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާލި ބަގާއީ ސުވާލު ކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ދައުލަތަކުން ހިންގާ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި، މިކަން ހުރިހާ ފަރާތްތަކުން ކުށްވެރިކުރަން ޖެހޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!