އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކުރަން ނިންމައިފި، ހަމަލާތަކެއް ދިނުމުގެ ފުރުސަތު ބޮޑު

ބަހުރައިންގެ މަނާމާގައި ހުންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އީރާނުގެ ހުރިހާ ބަނދަރުތަކެއް ކަނޑުގެ މަގުން ހިސާރުކުރުމަށް ނިންމައިފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު މާލޭ ގަޑިން 11.30 އިން ފެށިގެން އީރާނުގެ ބަނދަރުތައް ހިސާރުކުރަން ފަށާނެ ކަމަށެވެ. މި ހިސާރު ކުރުމުގައި ފާރިސީ ކަނޑާއި އޮމާން ކަނޑަށް ހުޅުވިފައިވާ އީރާނުގެ ހުރިހާ ބަނދަރަކަށް ވަންނަ އަދި ނުކުންނަ އެކި ގައުމުތަކުގެ ވިޔަފާރި އުޅަނދުތައް ހުއްޓުވާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތައް ފޭލިކޮށްލުމަށްފަހު، ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އީރާނުގެ ވަކިވަކި އަމާޒުތަކަށް ހަމަލާދިނުމަށް ރާވަމުންނެވެ. ނަމަވެސް އެމެރިކާއަށް ވާގިވެރިވާ ސަހުޔޫނީ އަރަބިންނަށް އަދަބު ދިނުމަށް އީރާނުން ހަމަލަ ދީފާނެ ބިރަށްޓަކައި މި ވަގުތު އީރާނަށް ބޮން އެޅުމުގެ ބަދަލުގައި އިސްކަންދެނީ ކަނޑުގެ މަގުން ހިސާރުކުރުމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އިތުރަށް ބުނެފައިވަނީ، ބަނދަރުތައް ހިސާރުކުރުން ކުރިއަށްދިޔަ ނަމަވެސް ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އީރާނު ނޫން އެހެން ގައުމުތަކުގެ ބަނދަރުތަކަށް ދާ އުޅަނދުތަކަށް ހުރަހެއް ނޯންނާނެ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުނެއެވެ.

ރައީސް ޓްރަމްޕް ވަނީ އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދީ، ކުރިއަށް އޮތް ތަނުގައި މި ހިސާރު އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ޓްރަމްޕްގެ ބޯބުރާންތި ސިޔާސަތުގެ ސަބަބުން ދުނިޔެ އިތުރަށް ނާމާންވެ ގަލްފްގެ އަރަބި ގައުމުތައް އީރާނާއެކު ފުނޑިގެންދާނެއެވެ.

ހިއްސާ ކުރައްވާ!